ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ރަށުގެ ލޮބުވެތި ރައްޔިތުންނާއި ބައްދަލުކުރުމުގެ ޖަލްސާއަށް އެރުވޭ ދަޢުވަތު

ލާމަރުކަޒީ ޤާނޫނުން ކައުންސިލްގެ މައްޗަށް ލާޒިމް ކުރާ ޖުލައި މަހުގެ ތެރޭގައި ބާއްވަންޖެހޭ ބައްދަލުވުން 26 ޖުލައި 2019 ވާ ހުކުރު ދުވަހުގެ ރޭގަނޑު 8:45 ގައި ކުލަބް ޔަންގުސްޓަރސްގެ ޢިމާރާތުގެ ހޯލްބައިގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިބައްދަލުވުމުގައި، ކުރިޔަށް އޮތް 2020 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ޙިއްސާ ކުރުން އޮންނާނެއެވެ.

މި އިޢުލާނާއިއެކު، 2020 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ކައުންސިލްގެ އާމްދަނީއާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއިއެކު ކުރުމަށް ރާވާފައިވާ ކަންކަމުގެ ތަފްޞީލް ވާނީ އާންމު ކުރެވިފައެވެ.

ވީމާ، މިޖަލްސާއަށް ރަށުގެ ލޮބުވެތި ރައްޔިތު ދެޖިންސުގެ އެންމެހާ ބޭފުޅުން ވަޑައިގެން ދެއްވުންއެދި ދެންނެވީމެވެ.


ރަށުގެ ލޮބުވެތި ރައްޔިތުންނާއި ބައްދަލުކުރުމުގެ ޖަލްސާއަށް އެރުވޭ ދަޢުވަތު ރަށުގެ ލޮބުވެތި ރައްޔިތުންނާއި ބައްދަލުކުރުމުގެ ޖަލްސާއަށް އެރުވޭ ދަޢުވަތު Reviewed by އިބްރާހީމް ފަހީމް on 2:17 AM Rating: 5

No comments:

Powered by Blogger.