ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

1440 ވަނަ އަހަރުގެ ފަޤީރުންނާއި، މިސްކީނުންގެ ދަފްތަރު އެކުލަވާލުމަށް ދެވަނަ ފުރުޞަތު ހުޅުވާލުމާއި ގުޅޭ

1440 ވަނަ އަހަރު އަލަން އެކުލަވާލެވުނު ފަޤީރުންގެ ދަފްތަރުގައި ހިމެނިފައިނުވާ ފަރާތްތަކަށް އެކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު 15 ޖުލައި 2019 އިން 01 އޮގަސްޓް 2019 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށް ހުޅުވާލަމެވެ. ފިޠުރު ޒަކާތާއި، މުދަލު ޒަކާތް ބެހުމަށްޓަކައި ބޭނުންވާ ފަޤީރުންނާއި، މިސްކީނުންގެ ލިސްޓް ނެގުމަށް ހަމަޖެހިފައިވަނީ އެފަދަ ފަރާތްތަކަން ރަށު ކައުންސިލްގެ އިދާރާއިން ދޫކުރާ ފިޠުރުޒަކާތާއި މުދަލުޒަކާތް ލިބިގަތުމަށް "ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާއަށް ހުށަހަޅައިގެންނެވެ. އަދި ފިޠުރުޒަކާތާއި މުދަލުޒަކާތް ލިބިގަތުމަށް ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މިއިދާރާއިން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.

ވީމާ، ފަޤީރުންނާއި، މިސްކީނުންގެ ލިސްޓްގައި ނަންނޯޓް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ފޯމް ފުރިހަމަކުރެއްވުމަށްފަހު 15 ޖުލައި 2019 ވާ ހޯމަ ދުވަހުން ފެށިގެން 01 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ކުރިން މިއިދާރާއަށް ހުށަހެޅުމަށް ދެންނެވީމެވެ. އަދި މިއަހަރު އެކުލަވާލެވުނު ފަޤީރުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޝަތު 15 ޖުލައި 2019 އިން ފެށިގެން 17 ޖުލައި 2019 ގެ ނިޔަލަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.


1440 ވަނަ އަހަރުގެ ފަޤީރުންނާއި، މިސްކީނުންގެ ދަފްތަރު އެކުލަވާލުމަށް ދެވަނަ ފުރުޞަތު ހުޅުވާލުމާއި ގުޅޭ 1440 ވަނަ އަހަރުގެ ފަޤީރުންނާއި، މިސްކީނުންގެ ދަފްތަރު އެކުލަވާލުމަށް ދެވަނަ ފުރުޞަތު ހުޅުވާލުމާއި ގުޅޭ Reviewed by އިބްރާހީމް ފަހީމް on 8:58 PM Rating: 5

No comments:

Powered by Blogger.