ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ޒުވާނުންގެ ފަރާތުން ކައުންސިލާއި ބައްދަލުކޮށްފި



ޒުވާނުންގެ ފަރާތުން ކައުންސިލާއި ބައްދަލު ކުރައްވައިފިއެވެ.

މިބައްދަލުވުމަކީ، ކައުންސިލުން މިއަހަރު ކުރުމަށް ރާވާފައިވާ ޙަރަކާތްތަކާއި އޭގެތެރެއިން ކުރިޔަށް ގެންދެވިފައި ނުވާ ޙަރަކާތްތަކާއި ކައުންސިލާއި ޒުވާނުން ގުޅިގެން ކުރެވިދާނެ ކަންކަމަކީ ކޮބައިތޯ ބެލުމާއި ޒުވާނުންގެ ފަރާތުން ބައެއް ކަންކަން ހުށަހެޅުމުގެ ގޮތުން ބޭއްވުނު ބައްދަލުވުމެކެވެ.

މިބައްދަލުވުމުގައި ބައިވެރިވި ޒުވާނުންގެ ފަރާތުން މިދެންނެވި ކަންކަމަށް އަލިއަޅުވާލާ ވާހަކަ ދައްކަވާފައިވެއެވެ. އަދި ޒުވާނުންގެ ފަރާތުން އައި ސުވާލުތަކަށް ކައުންސިލުން ޖަވާބު ދެއްވެވިއެވެ.

ކައުންސިލުން ޤަބޫލު ކުރާގޮތުގައި ޒުވާނުން އިސްނަގައިގެން މިފަދަ ބައްދަލުވުމެއް ބޭއްވުމަކީ ކައުންސިލާއި ޒުވާނުން ގުޅިގެން ރަށުގެ މުހިންމު ކަންކަމުގައި މަސައްކަތް ކުރުަމަށް ވަރަށްވެސް މުހިންމު ކަމެކެވެ.

ޒުވާނުންގެ ފަރާތުން ކައުންސިލާއި ބައްދަލުކޮށްފި ޒުވާނުންގެ ފަރާތުން ކައުންސިލާއި ބައްދަލުކޮށްފި Reviewed by ފައިނު ކައުންސިލް އިދާރާ on 10:32 PM Rating: 5

No comments:

Powered by Blogger.