skip to main |
skip to sidebar
ދަނޑުބިން ދޫކުރުމަށް ޢަމަލުކުރެމުންދާ އުޞޫލުގެ ދަށުން މިހާތަނަށް ދޫކުރުމަށް ހަމަޖެހިފައިވާ 64 ދަނޑުގެ އިތުރަށް ދަނޑުބިން ދޫކުރުމަށް ހަމަޖެހިފައިވާތީ އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިބުރުގައި ދަނޑުބިމަށް އެދި ހުށަހަޅާ ފަރާތްތަކަށްވުރެ ދަނޑުބިން މަދުވާނަމަ ދަނޑުބިން ދޫކުރާނީ ދަނޑުބިން ދޫކުރުމުގެ އުޞޫލުގެ 1 ގެ ށ ގައި ބުނެފައިވާ 70 ޕޮއިންޓް ގެ ބަދަލުގައި އެންމެ މަތިން ޕޮއިންޓް ހޯދާ ފަރާތްތަކަށެވެ. އަދި މިގޮތުންވެސް ދަނޑުބިން ދޫކުރުމުގެ އުޞޫލުގެ 1 ގެ ށ ގެ ދަށުން އެއްގެއަކަށް 3 ދަނޑެއް ދުލެއް ނުކުރެވޭނެއެވެ. ޕޮއިންޓް އެއްވަރުވާނަމަ ދަނޑުބިން ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތު ލައިގެންނެވެ.
ވީމާ، ދަނޑުބިމަށް އެދިލައްވާ ފަރާތްތަކުން ދަނޑުބިމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 13 ފެބްރުއަރީ 2019 ވަނަ ދުވަހުގެ 11:00 ގެ ކުރިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މިފޯމް ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. އަދި ކައުންސިލްގެ އިދާރާގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ފޯމް ހުށަހެޅުމުގެ ފުރުޞަތުވެސްވަނީ ހުޅުވާލެވިފައެވެ. އޮންލައިކޮށް ފޯމް ހުށަހެޅުއްވުމަށް https://www.fainucouncil.gov.mv/p/dhandubimahedheyform.html އަށް ޒިޔާރަތް ކުރެއްވުން އެދެމެވެ. މިހެންވެ މިކަން އާންމުކޮށް އިޢުލާން ކުރީމެވެ.
މިހެންވެ މިކަން އާންމުކޮށް އިޢުލާން ކުރީމެވެ.
މިއަހަރު އިތުރު ދަނޑުބިމަށް އެދުމުގެ ފުރުޞަތު ހުޅުވާލުން
Reviewed by
ފައިނު ކައުންސިލް އިދާރާ
on
1:14 AM
Rating:
5
No comments: