ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ކުނި އުފުލުމަށް ޕިކަޕެއް ކުއްޔަށް ހޯދުން 2

ކުނިކޮށްޓަށް ކުނި ގެންގޮސްދޭނެ ޕިކަޕެއް ހޯދުމަށްކުރި ނަމްބަރ (IUL)311/311/2019/4 (28 ޖަނަވަރީ 2019) ގެ އިޢުލާނާއި ގުޅިގެން އަގު ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެއިޢުލާނު ބާޠިލްކޮށް ގޭގެއިން އުކާލުމަށް ނެރޭ ކުނި، ކޮންމެ ހަފްތާއެއްގެވެސް ހޯމަ އަދި ބުދަ މިދެދުވަހު ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ކުނިކޮށްޓަށް ގެންދިޔުމުގެ މަސައްކަތް ކުރުމަށް 31 ޑިސެމްބަރ 2019 ގެ ނިޔަލަށް ޕިކަޕެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. އިސްވެ ދެންނެވުނު 2 ދުވަހުގެ ތެރެއިން ކޮންމެ ދުވަހެއްގައިވެސް ކުނި އުކާލުމުގެ މަސައްކަތުގައި ހޭދަކުރުމަށް ހަމަޖެހިފައިވަނީ 2 ގަޑިއިރެވެ. އެހެންނަމަވެސް މަސައްކަތް ނުނިމި އިތުރު ވަގުތު ހިނގައިފިނަމަ އިތުރަށް ހިނގި ވަގުތަށްވާ ފައިސާ ދެވޭނެއެވެ. ޕިކަޕަށް ކުނި އެރުވުމާއި ކުނި ކޮށްޓަށް ކުނިތައް ބޭލުމުގެ މަސައްކަތް ކުރާނީ އެކަމަށް ހަމަޖެއްސިފައިވާ މުވައްޒަފުންނެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، 13 ފެބްރުއަރީ 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން އަގު ހުށަހެޅުއްވުން އެދެމެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6580072 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.


ކުނި އުފުލުމަށް ޕިކަޕެއް ކުއްޔަށް ހޯދުން 2 ކުނި އުފުލުމަށް ޕިކަޕެއް ކުއްޔަށް ހޯދުން 2 Reviewed by ފައިނު ކައުންސިލް އިދާރާ on 12:47 AM Rating: 5

No comments:

Powered by Blogger.