skip to main |
skip to sidebar
ލާމަރުކަޒީ ޤާނޫނުން ކައުންސިލްގެ މައްޗަށް ލާޒިމް ކުރާ ފެބްރުއަރީ މަހު ބާއްވަންޖެހޭ ބައްދަލުވުން 24 ފެބްރުއަރީ 2019 ވަނަ ދުވަހު ބާއްވައިފިއެވެ.
މިބައްދަލުވުމަކީ ފާއިތުވި 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ހިސާބު ރައްޔިތުންނާއި ޙިއްޞާ ކުރުމަށްޓަކައި އާންމުކޮށް ހުޅުވާލައިގެން ބޭއްވުނު ބައްދަލުވުމެކެވެ.
ކީރިތި ޤުރުއާނުގެ ބަރަކާތުން މިބައްދަލުވުން ފައްޓަވައިދެއްވީ ހުކުރު މިސްކިތުގެ އިމާމް އަޙުމަދު ޢުމަރު މަނިކެވެ. އެއަށްފަހު ޖަލްސާ ތަޢާރަފް ކުރުމަށް ވާހަކަފުޅު ދެއްކެވީ އެސިސްޓެންޓް ޑިރެކްޓަރ އިބްރާހީމް ޙުސައިންއެވެ. އިބްރާހީމް ޙުސައިންގެ ވާހަކަފުޅުގައި މިފަދަ ބައްދަލުވުންތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެއަށްފަހު ދެން ވާހަކަފުޅުދެއްކެވީ ކައުންސިލްގެ ރައީސް އިބްރާހީމް ނާޞިރެވެ. ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައި ފާއިތުވި 2018 ވަނަ އަހަރު ހިންގުނު މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ފާއިތުވި އަހަރު މަސައްކަތް ކުރުމުގައި ދިމާވި ގޮންޖެހުންތަކާއި އެކަންކަމުން އަރައިގަތުމަށް ކުރަންޖެހުނު މަސައްކަތްތަކުގެ މަޢުލޫމާތު ޙިއްޞާ ކުރެއްވިއެވެ.
ދެން ޖަލްސާގައި އޮތީ ފާއިތުވި 2018 ވަނަ އަހަރުގެ އަހަރު ރިޕޯޓާއި މާލީ ހިސާބުގެ ވީޑިއޯ ޕްރެޒެންޓޭޝަން ހުށަހެޅުމެވެ. އެއަށްފަހު އާންމު ރައްޔިތުންގެ ސުވާލުތަކަށް ފުރުޞަތު ހުޅުވާލުމަށްފަހު ޖަލްސާ ނިމިގެން ދިޔައީ ބައިވެރިންގެ ޝަރަފުގައި ތައްޔާރު ކުރެވިފައިވާ ބިލެއްމީރުކޮށްލުމަކުންނެވެ.
ފެބްރުއަރީ މަހު ބާއްވަންޖެހޭ ރައްޔިތުންގެ ބައްދަލުވުން ބާއްވައިފި
Reviewed by
ފައިނު ކައުންސިލް އިދާރާ
on
8:05 PM
Rating:
5
No comments: