ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން 3

މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށްކުރި ނަމްބަރ (IUL)311/311/2019/8 (04 ފެބްރުއަރީ 2019) ގެ އިޢުލާނާއިގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ޙާޟިރުވެފައިނުވާތީ އެއިޢުލާނު ބާޠިލްކޮށް މިހިނގާ 2019 ވަނަ އަހަރުގެ ނިޔަލަށް މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން 25 ފެބްރުއަރީ 2019 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ފެބުރުއަރީ 2019 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014)ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީގަޑިގައި 6580072 ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ.


ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން 3 ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން 3 Reviewed by ފައިނު ކައުންސިލް އިދާރާ on 9:35 PM Rating: 5

No comments:

Powered by Blogger.