ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ގޯތިންބޭރުގައިހުރި މީސްމީހުންގެ ރުއް ގަހުގައި ނަމްބަރ ޖެހުމަށްފަހު މަޢުލޫމާތު ފޮނުވުމާއިބެހޭ 3

މިރަށުގައި އެއަރޕޯޓެއް އެޅުމަށް ސަރުކާރުން ނިންމަވާ އެމަސައްކަތް ކުރުމަށް ތައްޔާރުވަމުންދާ މިދަނޑިވަޅުގައި ގޯތިންބޭރުގައިހުރި އަމިއްލަ މީސްމީހުންގެ ރުއްގަހުގެ މަޢުލޫމާތު ހޯދުމަށްކުރެވުނު މިއިދާރާގެ ނަމްބަރ (IUL)311/311/2018/40 ( 30 ޖުލައި 2018) ގެ އިޢުލާނާއި، މިއިދާރާގެ ނަމްބަރ (IUL)311/311/2018/41 ( 06 އޯގަސްޓް 2018) ގެ އިޢުލާނަށް މުއްދަތު ހަމަވިއިރު ރުއްގަހާއިބެހޭ މަޢުލޫމާ ހުށަނާޅާ އަދިވެސް ގިނަ ބަޔަކު ތިބިކަމަށްފެންނާތީ 16 އޯގަސްޓް 2018 އިން 28 އޯގަސްޓް 2018 އަށް 13 ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމައިފީމެވެ.

ގޯތިންބޭރުގައި ހުންނަ ރުއްގަހުގެ މަޢުލޫމާތަކީ ތާޒާކަމާއިއެކު އަބަދުވެސް ކައުންސިލްއިދާރާގައި ހުންނަންޖެހޭނެ މަޢުލޫމާތެކެވެ. މިކަމުގެބޭނުމަކީ އެކިއެކިބޭނުންތަކަށް ރަށުގެބިން ބޭނުންކުރަންޖެހޭއިރު އެބިންތަކުގައި ހުންނަ ރުއްގަހަށް ބަދަލުދީ ނަގަންބޭނުންވާ ރުއްގަސް ނެގުމަށް ފަސޭހަވުމެވެ. ރުއްގަހުގެ މަޢުލޫމާތު ނެގުމުގެކުރިން ކޮންމެ މީހެއްގެ ރުއްގަހުގައި ގޭގެ ނަމްބަރ ޖަހަންވާނެއެވެ. ނަމްބަރ ޖަހާނީ ތިރީގައި ގޭގެ ނަމްބަރ ޖެހުމަށްފަހު މަތީގައި ރުއްގަހުގެ ތަރުތީބު ނަމްބަރ ޖަހާގޮތަށެވެ. މިސާލަކަށްގޭގެ ނަމްބަރަކީ 2 ކަމުގައިވެފާ ރުކުގެ ޢަދަދަކީ 1 ކަމުގައިވާނަމަ 2/1 މިގޮތަށެވެ. ކުރިންޖަހާފައިހުރި ނަމްބަރ ފިލާފައިވާނަމަ ނުވަތަ ފަޑުވުމުގެ ސަބަބުން ކިޔަންނޭގޭނަމަ އަލުން ނަމްބަރ އާކުރަންވާނެއެވެ.

ވީމާ،ގޯތިންބޭރުގައިހުރި ރުއްގަހުގެތެރެއިން އަމިއްލަ މީސްމީހުންގެ ރުއްގަހުގެ ތިރީގައިއެވާ މަޢުލޫމާތު 28 އޯގަސްޓް 2018 ވަނަދުވަހުގެ އޮފީސް ބަންދުވުމުގެކުރިން މިއިދާރާއަށް ފޮނުއްވުން އެދެމެވެ.މިއީ މިކަމަށް މުއްދަތު ދެވޭ 3 ވަނަ ފަހަރުކަމަށްވުމާއި އެކު މިމުއްދަތު ހަމަވުމުންދެން އިތުރު މުއްދަތެއްދެވެންނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ގޯތިންބޭރުގައި ހުރި މީސްމީހުގެ ރުއްގަހުގެ މަޢުލޫމާތު ހުށަހަޅާ ފޯމް މިއިދާރާއިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

1- ރުއްގަހުގެ ވެރިފަރާތުގެ ނަމާއި އެޑްރެސް އަދި އައިޑީ ކާޑް ނަމްބަރ
2- ރުއްގަހުގެ ބާވަތާއި ޢަދަދު އަދި ސައިޒް
3- ރުއްގަސް ހުރި ސަރަޙައްދުގެ ނަން.
4- ރުއްގަހުގައި ޖަހާފާހުރި ނަމްބަރ



ގޯތިންބޭރުގައިހުރި މީސްމީހުންގެ ރުއް ގަހުގައި ނަމްބަރ ޖެހުމަށްފަހު މަޢުލޫމާތު ފޮނުވުމާއިބެހޭ 3 ގޯތިންބޭރުގައިހުރި މީސްމީހުންގެ ރުއް ގަހުގައި ނަމްބަރ ޖެހުމަށްފަހު މަޢުލޫމާތު ފޮނުވުމާއިބެހޭ 3 Reviewed by ފައިނު ކައުންސިލް އިދާރާ on 1:25 AM Rating: 5

No comments:

Powered by Blogger.