ކައުންސިލްގެ އިދާރާގެ ބައެއް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން 2
މިއިދާރާގެ ބައެއްދޮރުތަކާއި، ކައުންޓަރަކާއި، ޢިމާރާތުގެ ބައެއް މަރާމާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަމްބަރ (IUL)311/311/2018/29 ( 06 ޖޫން 2018 ) ގެ އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވެލައްވާފައިވަނީ އެންމެ ފަރާތުން ކަމަށްވާތީ އެއިޢުލާނު ބާޠިލްކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ. މިއީ މިކަމަށްޓަކައި ކުރެވޭ 2 ވަނަ އިޢުލާނެވެ.
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 21 ޖޫން 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި މިއިދާރާގައެވެ. އަދި އަންދާސީ ހިސާބުތައް ހުށަހެޅުން އޮންނާނީ 26 ޖޫން 2018 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަވަންވާނެއެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014)ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6580072 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.
7 ޝައްވާލް 1439
20 ޖޫން 2018
ނަންބަރު: (IUL)311/311/2018/30
ކައުންސިލްގެ އިދާރާގެ ބައެއް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން 2
Reviewed by ފައިނު ކައުންސިލް އިދާރާ
on
10:33 PM
Rating:
No comments: