ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ދަތުރުވެރިންގެ ހިޔާ އެޅުމަށް ހޯމް މިނިސްޓްރީން ފައިސާގެ އެހީއެއް ދެއްވައިފި


ރ. ފައިނު ބަނދަރުގައި ކައުންސިލްގެ ފަރާތުން އެޅުމަށް ހަމަޖެހިފައިވާ ދަތުރުވެރިންގެ ހިޔާގެ ޕްރޮޖެކްޓަރަށް މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން
 ފައިސާގެ އެހީއެއް ދެއްވުމަށް ނިންމަވާ އެކަމުގެ ފަހުމުނާމާގައި ސޮއި ކޮށްފިއެވެ. 

ދަތުރުވެރިންގެ ހިޔާ ޕްރޮޖެކްޓަކީ ރަށަށް ލަފާފުރާ ފަރާތްތަކުން ބަނދަރުމަތީ މަޑުކޮށްލުމަށާއި ރަށުގައި ދިރިއުޅޭ ފަރާތްތަކަށްވެސް ތަނުގެ ބޭނުން ހިފޭނެގޮތަށް ފަރުމާކޮށްގެން  ކައުންސިލުން ކުރިޔަށް ގެންދާ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓަށް މާލީ އެހީތެރިކަން ހޯދުމަށް ކައުންސިލުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން -/232175 (ދެލައްކަ ބައްތިރީސްހާސް އެއްސަތޭކަ ހަތްދިހަ ފަސް ރުފިޔާ) ގެ ފައިސާގެ އެހީއެއް ދެއްވުމަށް ވަނީ ނިންމަވާފައެވެ. މިކަމާއި ގުޅޭ ފަހުމުނާމާގައި ސޮއިކުރުން އޮތީ 18 ޖޫން 2018 ވީ ހޯމަ ދުވަހު މިނިސްޓްރީ އޮފް ހޯމް އެފެއަރޒުގައެވެ. ކައުންސިލްގެ ފަރާތުން މިފަހުމުނާމާގައި ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް އިބްރާހީމް ނާޞިރެވެ. 

ދަތުރުވެރިންގެ ހިޔާ އެޅުމަށް ހޯމް މިނިސްޓްރީން ފައިސާގެ އެހީއެއް ދެއްވައިފި ދަތުރުވެރިންގެ ހިޔާ އެޅުމަށް ހޯމް މިނިސްޓްރީން ފައިސާގެ އެހީއެއް ދެއްވައިފި Reviewed by ފައިނު ކައުންސިލް އިދާރާ on 11:29 PM Rating: 5

No comments:

Powered by Blogger.