ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ރައްޔިތުންނާއި ބައްދަލު ކުރުމުގެ ޖަލްސާގެ ދަޢުވަތު

ފާއިތުވެދިޔަ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި، މި ހިނގާ އަހަރުގެތެރޭގައި ކުރުމަށްރޭވިފައިވާ މަސައްކަތު ތާވަލުގައިވާ ކަންކަން ރަށުގެ ލޮބުވެތި ރައްޔިތުންނާ ޙިއްޞާކުރުމުގެ ޖަލްސާ  23 ފެބުރުއަރީ 2018 ވާ ހުކުރު ދުވަހުގެރޭ 21:00 ގައި ފައިނު ސްކޫލް ހޯލްގައި ބާއްވާގޮތައްވަނީހަމަޖެހިފައެވެ. މިޖަލްސާގައި ފާއިތުވެދިޔަ އަހަރުގެތެރޭގައި ރަށުގެ ތަރައްޤީއަށްކުރެވިފައިވާ ކަންތައްތަކާއިބެހޭ   މަޢުލޫމާތާއި މި 2018 ވަނަ އަހަރު ކުރުމަށްހުރި ކަންތަކާއި ބެހޭގޮތުން މަޢުލޫމާތު ޙިއްޞާކުރުން އޮންނާނެއެވެ  އެހެންކަމުން ރަށުގެ ލޮބުވެތި ރައްޔިތުންގެ ތެރެއިން ވާހާ ގިނަ ބޭފުޅުން މިޖަލްސާގައި ބައިވެރިވެ ވަޑައިގެންދެއްވުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދެކެމެވެ. 

ވީމާ، މިޖަލްސާއަށް ރަށުގެ ލޮބުވެތި ރައްޔިތު ފިރިހެން ބޭފުޅުންނާއި އަންހެން ބޭކަނބަލުން ވަޑައިގެން ދެއްވުންއެދި ދެންނެވީމެވެ.

ނަންބަރު: (IUL)311/311/2018/4
ރައްޔިތުންނާއި ބައްދަލު ކުރުމުގެ ޖަލްސާގެ ދަޢުވަތު ރައްޔިތުންނާއި ބައްދަލު ކުރުމުގެ ޖަލްސާގެ ދަޢުވަތު Reviewed by ފައިނު ކައުންސިލް އިދާރާ on 7:57 PM Rating: 5

No comments:

Powered by Blogger.