ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލުން

ޤާނޫނު ނަމްބަރ 2010/07 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ) ގެ 35 ވަނަ މާއްދާއާއި، 57 ވަނަ މާއްދާގެ ދަށުން މިކައުންސިލުން އެކުލަވާލަންޖެހޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބު ކުރުމަށްޓަކައި ބާއްވާ އިންތިޚާބު 2018 ފެބުރުއަރީ 24 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. 

ޤަވާޢިދު ނަމްބަރ 2012/R-14 ( އަންހެނުންގެ ތަރައްޤީއަށް ،މަސައްކަތްކުރާ ކޮމިޓީގެ ޤަވާޢިދު) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިދަންނަވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުންކުރެ އަންހެނުންގެ ތަރައްޤީއަށް މަސައކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހުނަށް 2018 ފެބުރުއަރީ 05 ވާ ހޯމަ ދުވަހުގެ ހެދުނު 9:00 އިން ފެށިގެން 2018 ފެބުރުއަރީ 11 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 އާއި ހަމައަށް އެފުރުސަތު ވަނީ ހުޅުވާލެވިފައެވެ. 

1. ޤަވާޢިދު ނަމްބަރ 2012/R-14 ( އަންހެނުންގެ ތަރައްޤީއަށް ،މަސައްކަތްކުރާ ކޮމިޓީގެ ޤަވާޢިދު) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަމަށް ކުރިމަތިލާ މީހެއްގެ އަންނަނިވި ޝަރުޠު ފުރިހަމަވާންވާނެއެވެ. 
(ހ) އަންހެނުންގެ ތެރެއިން މީލާދީގޮތުން އުމުރުން 18 (އަށާރަ) އަހަރު ވެފައިވާ ބުއްދި ސަލާމަތުންހުރި ދިވެހި ރައްޔިތެއްކަމުގައިވުން،
(ށ) އިންތިޚާބީ ދާއިރާއެއްގައި ރަށްވެހިވެ ދިރިއުޅޭ މީހަކު ކަމުގައިވުން،
(ނ) ދިވެހިރާއްޖޭގެ އަސާސީ ތަޢުލީމުގެ ފެންވަރުހުރި މީހަކު ކަމުގައިވުން،
(ރ) ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒު ކުރެވެމުންދާ މީހަކު ކަމުގައި ނުވުން،
(ބ) ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހަކު ކަމުގައި ނުވުން.
(ޅ) އެއްވެސް މީހަކަށް އަދި ކުޑަކުއްޖަކަށް ޖިންސީ، ޖިސްމާނީ ހާނިކައެއް ކުރިކަން އެއްވެސް އިރެއްގައި ޝަރީއަތަށް ސާބިތުވެފައި ނުވުން.
(ކ) މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.
(އ) ފުލްޓައިމް ދަރިވަރަކު ކަމުގައި ނުވުން.
(ވ) ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ސާބިތުވެ އެހުކުމް ތަންފީޛު ކޮށްފައިވާ މީހަކަށް ނުވުން.
(މ) ރައްޔިތުން އިންތިޚާބު ކޮށްފައިވާ މަޤާމެއްގައި ހުރި މީހަކު ކަމުގައި ނުވުން.

2. އަންހެންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭއިރު އަންނަނިވި މަޢުލޫމާތާއި، ތަކެތި ރަށު އިލެކުޝަންސް ކޮމިޓީއަށް ހުށަހަޅަންވާނެއެވެ. 
(ހ) ފުރިހަމަ ނަން: 
(ށ) އުފަން ތާރީޚް:
(ނ) ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަމްބަރ ( ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީ އަކާއިއެކު )
(ރ) ދާއިމީ އެޑްރެސް ( އަތޮޅާއި، ރަށާއި، އެޑްރެސް އެނގޭގޮތަށް )
(ބ) މިހާރު ދިރިއުޅޭ އެޑްރެސް ( އަތޮޅާއި، ރަށާއި، އެޑްރެސް އެނގޭގޮތަށް )
(ޅ) އިންތިޚާބަށް ކުރިމަތިލާ ކޮމިޓީ ހިމެނޭ ކައުންސިލް
(ކ) ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ނަމާއި، މަޤާމްތަކުގެ ނަން.
 (ވ) އެމީހަކު އެ އިންތިޚާބުގައި ޚާއްސަ ނިޝާނެއް ބޭނުންކުރުމަށް ގަސްދު ކުރާނަމަ އެނިޝާނެއް.
(މ) އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށްޓަކައި ރަށު އިލެކުޝަންސް ކޮމިޓީއަށް ހުށަހަޅާ މަޢުލޫމާތާއި، ތަކެއްޗަކީ ޞައްޙަ މަޢުލޫމާތާއި ތަކެތި ކަމަށާއި، ޤަވާޢިދު ނަމްބަރ 2012/R-14 (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޤަވާޢިދު ) ގެ 8 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަވާ މީހެއްކަމަށް ( އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމްގައިވާ ) އިޤުރާރުވެ، އެއިޤުރާރު.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެޕްލިކޭޝަން ފޯރމް ދޫކުރުމާއި، ބަލައިގަތުމަށް ހަމަޖެހިފައިވަނީ 05 ފެބުރުއަރީ 2018 ވާ ހޯމަ ދުވަހުން ފެށިގެން 11 ފެބުރުއަރީ 2018 ވާ އާދިއްތަ ދުވަހުގެ 14:00 އާއި ހަމައަށް ކައުންސިލްގެ އިދާރާއިންނެވެ. ފޯރމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެދުނު 9:00 އިން މެންދުރުފަހު 14:00 އާއި ހަމައަށެވެ.  ފޯރމް ހިފައިގެން އަންނާނީ ކުރިމަތިލާ މީހާނޫން އެހެން މީހެއް ނަމަ، ފޯރމް ހިފައިގެން އަންނަ މީހެއްގެ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަސްލު ގެންނަންވާނެއެވެ. 

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓްނެގުން ހަމަޖައްސާފައިވަނީ 24 ފެބުރުއަރީ 2018 ވާ ހޮނިހިރު ދުވަހުގެ ހެދުނު 8:00 އިން މެންދުރުފަހު 14:00 އަށެވެ. އަދި ވޯޓް ގުނަންފަށާނީ ހަމަ އެދުވަހު ވޯޓްނަގާ ނިމޭތާ 30 (ތިރީސް) މިނެޓްގެ ތެރޭގައެވެ. މިއިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނު ކުރުމަށް ހަމަޖެހިފައިވަނީ 28 ފެބުރުއަރީ 2018 ވާ އާދިއްތަ ދުވަހުއެވެ.

19 ޖުމާދުލްޢޫލާ 1439
‏05‏ ފެބްރުއަރީ‏ 2018

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލުން Reviewed by ފައިނު ކައުންސިލް އިދާރާ on 12:39 AM Rating: 5

No comments:

Powered by Blogger.