ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

އެޗްއާރސީއެމްގެ ޓީމެއް ފައިނަށް ޒިޔާރަތް ކުރައްވައިފި



ސިޔާސީ އަދި މަދަނީ ޙައްޤުތައް މިރަށުގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ކަށަވަރު ވެފައިވާ މިންވަރު ދެނެގަތުމަށްޓަކައި ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން ޓީމެއް ޒިޔާރަތް ކުރައްވައިފިއެވެ. 
03 ޑިސެމްބަރ 2017 ގައި ވަޑައިގެންނެވި މިޓީމުންވަނީ ރަށުގެ އެކި ދާއިރާތަކުގެ ބޭފުޅުންނާއި ބައްދަލު ކުރައްވާފައެވެ. އެގޮތުން، ކައުންސިލާއި ކައުންސިލް އިދާރާގެ މުވައްޒަފުންނާއި، ފައިނު ސްކޫލްގެ މެނޭޖްމަންޓާއި މުވައްޒަފުނާއި، ފައިނު ސްކޫލުން ރެންޑަމްކޮށް ހޮވާލެވުނު ދަރިވަރުންނާއި ފައިނު ޞިއްޙީ މަރުކަޒުގެ މެނޭޖްމަންޓާއި މުވައްޒަފުނާއި ރަށުގެ އަންހެން ކަނބަލުންގެ ތެރެއިން ހޮވާލެވުނު ބޭފުޅުންނާއި އަދި ކުލަބް ޖަމްޢިއްޔާތަކާއި ޒުވާނުންގެ ތެރެއިންވެސް ރެންޑަމްކޮށް ނެގުނު ބޭފުޅުންނާއި ވަނީ ބައްދަލު ކުރައްވާފައެވެ. 
މިސާރވޭގެ މަޤްޞަދަކީ ދިވެހިރާއްޖެއިން ސޮއިކޮށްފައިވާ ސިޔާސީ އަދި މަދަނީ ޙައްޤުތައް ރައްކާތެރި ކޮށްދިނުމުގެ މުއާހަދާގައި ބަޔާން ކޮށްފައިވާ ޙައްޤުތައް ލިބިދެވޭ މިންވަރު ދެނެގަތުމެވެ. އެގޮތުން، އެކިދާއިރާތައް ވަކިވަކިން ބޭއްވުނު މިބައްދަލުވުންތަކުގައި ބައިވެރިވި ބޭފުޅުންނާއި އެކި ދާއިރާތަކުން ސުވާލު ކުރައްވާ މަޢުލޫމާތު އެއް ކުރެއްވިއެވެ. 
މިބޭފުޅުންގެ ދަތުރު ނިންމާލައްވާފައިވަނީ 05 ޑިސެމްބަރ 2017 ވަނަ ދުވަހުއެވެ. 

އެޗްއާރސީއެމްގެ ޓީމެއް ފައިނަށް ޒިޔާރަތް ކުރައްވައިފި އެޗްއާރސީއެމްގެ ޓީމެއް ފައިނަށް ޒިޔާރަތް ކުރައްވައިފި Reviewed by އިބްރާހީމް ފަހީމް on 7:23 PM Rating: 5
Powered by Blogger.