ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ފައިނަށް ވަޑައިގަންނަވައިފި

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. ޢަލީ ޝަމީމް 22 ޑިސެމްބަރ 2017 ވަނަ ދުވަހު ފައިނަށް ޒިޔާރަތް ކުރައްވައިފިއެވެ. މިޒިޔާރަތަކީ ރ. އަތޮޅު ކައުންސިލާއި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ގުޅިގެން ރ. އުނގޫފާރުގައި ކުރިޔަށް ގެންދިޔަ ކޯސްތަކުގެ ނިމުން ފާހަގަކޮށް ސެޓްފިކެޓް ދިނުމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެއްގައި ރ. އަތޮޅުގެ ބައެއް ރަށްރަށުގެ ސިވިލް ސަރވަންޓުންނާއި ބައްދަލު ކޮށްލުމަށް ކުރެއްވި ޒިޔާރަތެކެވެ. އެގޮތުން، މިދަތުރުފުޅުގައި ފައިނުގެ އެކި އިދާރާތަކުގައި މަސައްކަތް ކުރައްވާ ސިވިލްސަރވަންޓުންނާއި ބައްދަލު ކުރެއްވިއެވެ. މިބައްދަލުވުމުގައި ސިވިލް ސަރވަންޓުންގެ ހުރި ކަންބޮޑުވުންތައް ޙިއްސާ ކުރެވުނެއެވެ. އަދި ސިވިލް ސަރވަންޓުންގެ ކުރިމަގަށްޓަކައި ސިވިލް ސަރވިސް ކޮމިޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތު ޙިއްސާ ކުރެއްވިއެވެ.







ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ފައިނަށް ވަޑައިގަންނަވައިފި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ފައިނަށް ވަޑައިގަންނަވައިފި Reviewed by ފައިނު ކައުންސިލް އިދާރާ on 11:19 PM Rating: 5

No comments:

Powered by Blogger.