ކޮންޓްރެކްޓް އުޞޫލުން މިސްކިތު މުދިމުކަން ކޮށްދޭނެ ފަރާތެއް ހޯދުން
މިރަށު ހުކުރުމިސްކިތުގެ މުދިމުކަން ކޮންޓްރެކްޓް ޢުޞޫލުން 05 ޖުލައި 2017 އިން 22 ޖުލައި 2017 އަށް 11 ދުވަހުގެ މުއްދަތަށް މުދިމްކަން ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިކަމަށް އެދޭ ފަރާތަކީ އިމާމު / މުދިމް ކަމުގެ ސަނަދު / ސެޓްފިކެޓް ލިބިފައިވާ ނުވަތަ އެފެންވަރަށް ތަކެތި ދަންނަ ނުވަތަ ރީތިކޮށް ބަންގިގޮވާ ޤްރުއާން ކިޔަވަން އެނގޭ ފަރާތެއްކަމުގައި ވާންވާނެއެވެ.
މަތީގައި ބަޔާންކުރެވުނު ފެންވަރުގެ މީހަކު ނުލިބިއްޖެނަމަ ބަންގިގޮވާ އިމާމުވެ ނަމާދުކުރެވޭފަދަ މީހުންނާއި ޙަވާލުކުރާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން ވަގުތީގޮތުން މިސްކިތް ބަލަހައްޓާ ފަރާތަކަށް މުދިމެއްގެ މުސާރަކަމުގައިވާ 3565/- ރުފިޔާއާއި، ސާވިސް އެލަވަންސްގެ ގޮތުގައި ލިބޭ 1500/- ރުފިޔާއިން ދުވަހަކަށްޖެހޭ ޢަދަދަކުން ފައިސާ ލިބޭނެއެވެ. ސަރުކާރުގެ މުވައްޒަފެއްނަމަ ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން ފައިސާ ލިބޭނެއެވެ.
ވީމާ، މިކަމަށް އެދޭފަރާތްތަކުން 04 ޖުލައި 2017 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި އައިޑީކާޑް ފޮޓޯކޮޕީއަކާއެކު ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ތަޢުލީމީ ސެޓްފިކެޓް ނެތްނަމަވެސް އައިޑީކާޑްގެ ފޮޓޯކޮޕީއަކާއިއެކު ހުށަހެޅުއްވުން އެދެމެވެ.
08 ޝައްވާލް 1438
02 ޖުލައި 2017
(IUL)311/311/2017/28
ކޮންޓްރެކްޓް އުޞޫލުން މިސްކިތު މުދިމުކަން ކޮށްދޭނެ ފަރާތެއް ހޯދުން
Reviewed by ފައިނު ކައުންސިލް އިދާރާ
on
9:19 PM
Rating: