ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ފައިނު ކައުންސިލްގެ 3 ވަނަ ދަޢުރުގެ ކައުންސިލަރުން މަޤާމްގެ ހުވާ ކުރައްވައިފި


ރ. ފައިނު ކައުންސިލްގެ 3 ވަނަ ދަޢުރަށް އިންތިޚާބުވެފައިވާ ކައުންސިލަރުން އެބޭފުޅުންގެ މަޤާމްގެ ހުވާ މިއަދު ކުރައްވައިފިއެވެ. 

ކައުންސިލަރުން މަޤާމްގެ ހުވާކުރުމާއި އިޤްރާރުގައި ސޮއިކުރުމަށް މިއަދު މެންދުރުފަހު 2:00 ގައި ފައިނު ސްކޫލްގައި ބޭއްވުނު ދަރުބާރުގައި ފައިނު ކައުންސިލްގެ 3 ވަނަ ދައުރަށް އިންތިޚާބުވެފައިވާ ކައުންސިލަރުންނަށް މަޤާމްގެ ހުވާ ލައިދެއްވީ ރ. ފައިނު މެޖިސްޓްރޭޓް ކޯޓް ހިންގެވުމާއި ޙަވާލުވެހުންނެވި ރ. ކިނޮޅަހު މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް އަލްޢުސްތާޛް އިބްރާހީމް ޒާޙިރެވެ. 

ހުވާކުރެއްވުމުގެ ދަރުބާރު ކީރިތި ޤުރުއާނުގެ ބަރަކާތުން ފައްޓަވައިދެއްވީ އަލްޙާފިޒު މުޙައްމަދު ޝިނާންއެވެ. އެއަށްފަހު އޮތީ ދަރުބާރު ތަޢާރަފް ކުރުމެވެ. ދަރުބާރު ތަޢާރަފް ކޮށްދެއްވީ ފައިނު ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ އަލްފާޟިލް އިބްރާހީމް ޙުސައިންއެވެ. އެއަށްފަހު ދެން އޮތީ، ކައުންސިލަރުނަށް ހުވާ ލައިދެއްވުމެވެ. އަދި އެއަށްފަހު ހުވާގެ އިޤްރާރުގައި އެބޭފުޅުން ސޮއި ކުރެއްވިއެވެ. 

ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވި މިދަރުބާރު ނިމިގެންދިޔައީ ޤައުމީ ސަލާމުންނެވެ.

މިދަރުބާރަށްފަހު ދެން އޮތީ، ކައުންސިލްގެ ރައީސާއި ނާއިބު ރައީސް އިންތިޚާބު ކުރުމުގެ ޖަލްސާއެވެ. މިއީ ކައުންސިލްގެ 3 ވަނަ ދަޢުރުގެ ފުރަތަމަ ޖަލްސާއެވެ. މިޖަލްސާ އޮތީ ފައިނު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އެގޮތުން، ކައުންސިލްގެ 3 ވަނަ ދަޢުރުގެ ކައުންސިލްގެ ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގަންނަވާފައިވަނީ ރ. ފައިނު ފަޒާ އަލްފާޟިލް އިބްރާހީމް ނާޞިރެވެ. އަދި ނާއިބު ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގަންނަވާފައިވަނީ ރ. ފައިނު ވީސަންގެ އަލްފާޟިލް އިބްރާހީމް ޢުމަރު މަނިކެވެ. 
ފައިނު ކައުންސިލްގެ 3 ވަނަ ދަޢުރުގެ ކައުންސިލަރުން މަޤާމްގެ ހުވާ ކުރައްވައިފި ފައިނު ކައުންސިލްގެ 3 ވަނަ ދަޢުރުގެ ކައުންސިލަރުން މަޤާމްގެ ހުވާ ކުރައްވައިފި Reviewed by ފައިނު ކައުންސިލް އިދާރާ on 4:12 AM Rating: 5
Powered by Blogger.