ޖަމާޢަތްތެރިން ތަމްރީނު ކުރުމުގެ ޕްރޮގުރާމުގައި ބައިވެރިކުރުމަށް ނަންނޯޓް ކުރުމުގެ ފުރުޞަތު
ކީރިތި ޤުރުޢާނާއި ބެހޭ މަރުކަޒުން ކުރިޔަށް ގެންދާ ޖަމާޢަތްތެރިން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިކުރުމުގެ ފުރުސަތު ކީރިތި ޤުރުޢާނާއި ބެހޭ މަރުކަޒުން ވަނީ ހުޅުވާލައްވާފައެވެ. އެހެންކަމުން މިޕްރޮގްރާމްގައި މިރަށުން މީހުން ބައިވެރިކުރުމަށް ބޭނުންވާތީއާއި، އެޕްރޮގްރާމްގައި ބައިވެރިވުމަކީ މުހިއްމު ކަމެއްކަމުގައިވާތީ، މިޕްރޮގްރާމްގައި ބައިވެރިވުމަށް އިޖާބަ ދެއްވުމަކީ މިކައުންސިލްގެ ވަރަށްބޮޑު އެދުމެއްކަމުގައި ދެންނެވީމެވެ.
ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 20 ޖޫން 2017 ވަނަ ދުވަހުގެ 14:00 ކުރިން މިއިދާރާއަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ. މިކަމާއިބެހޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވާނަމަ 9636619 ނަމްބަރ ފޯނާއިގުޅުއްވުން އެދެމެވެ.
10 ރަމަޟާން 1438
05 ޖޫން 2017
(IUL)311/311/2017/25
ޖަމާޢަތްތެރިން ތަމްރީނު ކުރުމުގެ ޕްރޮގުރާމުގައި ބައިވެރިކުރުމަށް ނަންނޯޓް ކުރުމުގެ ފުރުޞަތު
Reviewed by ފައިނު ކައުންސިލް އިދާރާ
on
10:07 PM
Rating: