ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ކައުންސިލުން ރަށުގެ ދަނޑުވެރިންނާއި ބައްދަލު ކުރައްވައިފި


ފައިނުގެ ދަނޑުވެރިން ހައްދާ ބާވަތްތައް ވިއްކުމާއި ގުޅޭގޮތުން ކައުންސިލުން ރަށުގެ ދަނޑުވެރިންނާއި ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުވުން އޮތީ މިއަދު ހެނދުނު 10:30 ގައި ފައިނު ކައުންސިލް އިދާރާގައެވެ. ގިނަ ޢަދަދެއްގެ ދަނޑުވެރިން ބައިވެރިވި މިބައްދަލުވުމުގައި އެންމެ ފުރަތަމަ، ދަނޑުވެރިން ހައްދާ ބާވަތްތަކަށް މާކެޓް ހޯދައިދިނުމަށް ކައުންސިލުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު ކައުންސިލްގެ ރައީސް އިބްރާހީމް ނާޞިރު ދެއްވިއެވެ. އަދި އެގޮތުން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިހާރު ބައެއް ރިސޯޓްތަކުން ކަރާ ބޭނުންވެގެން އޭގެ އޯޑަރ ލިބިފައިވާކަމަށް ވިދާޅުވިއެވެ. 

މިބައްދަލުވުމުގައި ދެންއޮތީ، މިގޮތަށްލިބޭ އޯޑަރތައް ދަނޑުވެރިންނަށް ބަހާލުމުގައި ޢަމަލު ކުރާނެ ގޮތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމެވެ. މިކަމަށް ހުޅުވާލި ފުރުޞަތުގައި ލިބުނު ޙިޔާލުތަކުގެ ތެރެއިން، ބައްދަލުވުމަށް ވަޑައިގެން ތިއްބެވި ބޭފުޅުންގެ އަޤުލަބިއްޔަތުން ނިންމަވާފައިވަނީ އޯޑަރެއް ލިބުމުން ހުރިހާ ދަނޑުވެރިންގެ މެދުގައި އެއްވަރަކަށް ބަހާލައިގެން އެކަން ކުރުމަށާއި އަދި ކަރާ އުފުލާ އުޅަނދަށާއި ކަރާ ހިފައިގެންދާ މީހުންނަށް ދޭނެ އުޖޫރަ ކެނޑުމަށްފަހު ދަނޑުވެރިއަކަށް ޖެހޭ ޢަދަދަށް ފައިސާ ޙަވާލު ކުރާގޮތަށެވެ.
މިބައްދަލުވުން ނިންމާލެއްވީ ހެނދުނު 11:35 ގައެވެ. 


ކައުންސިލުން ރަށުގެ ދަނޑުވެރިންނާއި ބައްދަލު ކުރައްވައިފި ކައުންސިލުން ރަށުގެ ދަނޑުވެރިންނާއި ބައްދަލު ކުރައްވައިފި Reviewed by ފައިނު ކައުންސިލް އިދާރާ on 1:24 AM Rating: 5
Powered by Blogger.