ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ކައުންސިލުން ރަށުގެ ރައްޔިތު ފިރިހެން ބޭފުޅުންނާއި ބައްދަލު ކުރައްވައިފި



މިރަށުގައި ސަރުކާރުން ހައްދަވައިދެއްވި ބަނދަރު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު މިމަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާތީ، އެރަސްމިއްޔާތަށް ތައްޔާރުވުމާއި ގުޅޭގޮތުން ރައްޔިތު ފިރިހެން ބޭފުޅުންނާއި 5 އޭޕްރިލް 2017 ވަނަ ދުވަހުގެ ރޭގަނޑު ބައްދަލުވުމެއް ބާއްވައިފިއެވެ.

ރައްޔިތުންގެ ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިވި މިބައްދަލުވުމުގައި ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް މިހާރު ވަމުންދާ ތައްޔާރީތަކާއި ރަސްމިއްޔާތަށް އިތުރަށް ވާންޖެހޭ ތައްޔާރީ ތަކާއި ގުޅޭ މަޢުލޫމާތު ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ނާޞިރު ދެއްވިއެވެ. އަދި މިރަސްމިއްޔާތުގެ ކަންކަން ކުރިޔަށް ގެންދިޔުމާއި ގުޅޭގޮތުން ހިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވުނެވެ. މިގޮތުން ހުޅުވާލި ފުރުޞަތުގައި ރައްޔިތުންގެ ތެރެއިން ބައެއް ބޭފުޅުން ޙިޔާލު ފާޅު ކުރެއްވިއެވެ. އަދި އެއަށްފަހު، ކައުންސިލުން މިރަސްމިއްޔާތު ގެންދިޔުމާއި ގުޅޭގޮތުން އެކުލަވާލާފައިވާ ޓާސްކްފޯސްއިން ނިންމަވާފައިވާ ގޮތްތަކުގެ މަޢުލޫމާތު ޙިއްސާ ކުރެވުނެވެ.

ކައުންސިލްގެ ރައީސް އިބްރާހީމް ނާޞިރުގެ ވާހަކަފުޅުގައި، މިފަދަ ރަސްމިއްޔާތެއް ބޭއްވުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ. އަދި މެޙްމާނުންނަށް ފުރިހަމަ މަރުޙަބާއެއް ކިޔުމަށާއި ރަސްމިއްޔާތުގެ އެންމެހާ ކަންކަމެއް ހުރިހާ ރައްޔިތުން އެކުވެރިކަމާއި އެއްބައިވަންތަކަމާއިއެކު ކުރިޔަށް ގެންދިޔުން އެދޭކަމުގައި ދެންނެވިއެވެ. އެއަށްފަހު ރަސްމިއްޔާތަށް ރަށް ޒީނަތްތެރި ކުރުމަށްޓަކައި ބަނދަރުމަތި ސާފުކުރުމުގެ ދުވަހެއް ފާހަގަ ކުރުމަށް ނިންމުނެވެ. އަދި ދެންހުރި ބޮޑެތި އެހެން މަސައްކަތްތައް ފުރިހަމަ ކުރުމަށްޓަކައި، ރައްޔިތުންގެ ހިޔާލާއި އެއްގޮތަށް، ކައުންސިލުން ގުރޫޕްތަކެއް ބަހާ އެގުރޫޕްތަކުގެ މެދުގައި މަސައްކަތްތައް ކުރަމުން ގެންދިޔުމަށް ނިންމުނެވެ.

މިރަސްމިއްޔާތު ފުރިހަމަ ކުރުމަށާއި އެކުވެރިކަމާއި އެއްބައިވަންތަކަމާއިއެކު މިކަމަށް ތައްޔާރުވުމަށް ތައްޔާރަށް ތިއްބެވިކަމަށް ރައްޔިތުންގެ ގިނަބަޔަކު ވިދާޅުވިއެވެ. އަދި ކައުންސިލުން ރާވާ ގޮތެއްގެމަތިން މިކަމުގައި އެންމެހާ ބޭފުޅުންގެވެސް އެއްބާރުލުން ލިބިގެންދާނެކަމުގައި ދެންނެވިއެވެ. 


ކައުންސިލުން ރަށުގެ ރައްޔިތު ފިރިހެން ބޭފުޅުންނާއި ބައްދަލު ކުރައްވައިފި ކައުންސިލުން ރަށުގެ ރައްޔިތު ފިރިހެން ބޭފުޅުންނާއި ބައްދަލު ކުރައްވައިފި Reviewed by ފައިނު ކައުންސިލް އިދާރާ on 12:55 AM Rating: 5
Powered by Blogger.