ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ލައިސަންސް ފޮތް ކާޑަށް ބަދަލުކުރުމުގެ 2 ވަނަ ބުރު ކުރިޔަށް ގެންދިޔުން

08 އޯގަސްޓް 2015 ގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން ދޫކޮށްފައިވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް ފޮތް ކާޑަށް ބަދަލުކޮށްދިނުމުގެ 2 ވަނަބުރު 22 އޭޕްރީލް 2017 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:30 ގައި އުނގޫފާރުގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.  
ވީމާ، މިރަށުގައި ތިއްބެވި ސީ ޒޯން ލައިސަންސް ނަންގަވާފައިވާ ފަރާތްތަކުން ލައިސަންސް ފޮތް ކާޑަށް ބަދަލުކުރުމަށް ބޭނުންފުޅުވާނަމަ 21 އޭޕްރީލް 2017 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން މިއިދާރާއަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ. މިކަމަށް އެދޭމީހުން އުނގޫފާރަށް އަންނައިރު ޕާސްޕޯރޓް ސައިޒްގެ ފޮޓޯގަނޑަކާއި، 50 ރުފިޔާގެ ރެވެނިޔު ސްޓޭމްޕެއް އަދި ފޮތް ކާޑަށް ބަދަލުކުރުމަށް ނަންގަވާފީ -/350 ރުފިޔާ އާއިއެކު، ލައިސަންސް ފޮތް ގެންނެވުމަށް ރ. އަތޮޅު ކައުންސިލުން ވަނީ އަންގަވާފައެވެ. 
14 ރަޖަބް 1438
11 އޭޕްރީލް 2017


 IUL311/311/2017/15
ލައިސަންސް ފޮތް ކާޑަށް ބަދަލުކުރުމުގެ 2 ވަނަ ބުރު ކުރިޔަށް ގެންދިޔުން ލައިސަންސް ފޮތް ކާޑަށް ބަދަލުކުރުމުގެ 2 ވަނަ ބުރު ކުރިޔަށް ގެންދިޔުން Reviewed by ފައިނު ކައުންސިލް އިދާރާ on 8:37 PM Rating: 5
Powered by Blogger.