ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ދަނޑުބިމަށް އެދުމަށް ނަންނޯޓް ކުރުމަށް ފުރުޞަތު ހުޅުވާލުން

އެހެނިހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރު ދަނޑުގޮވާން ކުރުމަށްޓަކައި އެކަމަށްއެދޭ ފަރާތްތަކަށް ދަނޑުބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރު ދަނޑުވެރިކަން ކުރުމަށްޓަކައި 71 ދަނޑުބިން ދޫކުރުމަށް ހަމަޖެހިފައިވެއެވެ. ދަނޑުބިން ދޫކުރުމަށް ހަމަޖެހިފައިވަނީ މިރަށު ސޯސަންމަގުގެ ދެފަޅިންނެވެ. ދަނޑުގެ ބޮޑުމިން ކަނޑައަޅާނީ މިއަހަރު ދަނޑުވެރިކަން ކުރުމަށް ޝައުޤްވެރިވާ ފަރާތްތަކުގެ ޢަދަދަށް ބެލުމަށްފަހުގައި ކަމަށާއި، ދަނޑުބިން ދޫކުރުމަށް ހަމަޖެހިފައިވަނީ މިއިދާރާއިން ހެދިފައިވާ ޢުޞޫލާއި އެއްގޮތަށް ކަމުގައި ދެންނެވީމެވެ. 
ވީމާ، މިއަހަރު ދަނޑުގޮވާން ކުރުމަށްޓަކައި ދަނޑުބޭނުންވާ ފަރާތްތަކުން މިއަދު ( 01 މާރޗް 2017 ) ވަނަ ދުވަހުން ފެށިގެން 06 މާރޗް 2017 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ޙާޟިރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ. 
02 ޖުމާދުލްއާޚިރު 1438
01 މާރޗް 2017  


No. (IUL)311/311/2017/10
ދަނޑުބިމަށް އެދުމަށް ނަންނޯޓް ކުރުމަށް ފުރުޞަތު ހުޅުވާލުން ދަނޑުބިމަށް އެދުމަށް ނަންނޯޓް ކުރުމަށް ފުރުޞަތު ހުޅުވާލުން Reviewed by ފައިނު ކައުންސިލް އިދާރާ on 10:22 PM Rating: 5
Powered by Blogger.