ކައުންސިލް އިދާރާގެ މަގުފާރުގެ ކުލަ އާކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ - 2
މިއިދާރާގެ މަގުފާރުތަކުގެ ކުލައާކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި ނަމްބަރ IUL-311/311/2016/82 އިޢުލާން ގުޅިގެން ހުށައަޅާފައިވާ އަގު ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާތިލްކޮށް އަލުން އެމަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 20 ޑިސެމްބަރ 2016 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގައި މިއިދާރާގައެވެ. އަދި އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 22 ޑިސެމްބަރ 2016 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަވަންވާނެއެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނުގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6580072 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.
19 ރަބީޢުލްއައްވަލް 1438
18 ޑިސެމްބަރ 2016
IUL-311/311/2016/84
ކައުންސިލް އިދާރާގެ މަގުފާރުގެ ކުލަ އާކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ - 2
Reviewed by ފައިނު ކައުންސިލް އިދާރާ
on
7:03 PM
Rating: