ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ފައިނު ކައުންސިލްގެ އިދާރާގެ ވެބްސައިޓާއި ފޭސްބޫކް ޕޭޖް އިފްތިތާޙްކޮށްފި

ފައިނު ކައުންސިލްގެ އިދާރާގެ ވެބްސައިޓާއި ފޭސްބޫކް ޕޭޖް އިފްތިތާޙް ކޮށްފިއެވެ. ވެބްސައިޓާއި ފޭސްބޫކް ޕޭޖް އިފްތިތާޙް ކޮށްފައިވަނީ
ވެބްސައިޓާއި ފޭސްބޫކް ޕޭޖް އިފްތިތާޙް ކުރުމަށާއި ރަށު ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފެށުމަށްޓަކައި 14 ނޮވެމްބަރ 2016 ވަނަ ދުވަހުގެ ރޭގަނޑު 9:00 ގައި ފައިނު ސްކޫލްގައި ބޭއްވުނު ހަފްލާއެއްގައެވެ.
މިހަފްލާގައި ވެބްސައިޓް އިފްތިތާޙް ކޮށްދެއްވީ ފައިނު ކައުންސިލްގެ ރައީސް އިބްރާހީމް ނާޞިރެވެ. އެއަށްފަހު ވެބްސައިޓާއި ގުޅޭ ޕްރެޒެންޓޭޝަނެއް ހުށަހެޅުން އޮތެވެ. އަދި ޕްރެޒެންޓޭޝަނަށްފަހު މިކަމާއި ގުޅޭގޮތުން ކައުންސިލްގެ ރައީސް ވާހަކަފުޅު ދެއްކެވިއެވެ. ކައުންސިލްގެ ރައީސް އިބްރާހީމް ނާޞިރުގެ ވާހަކަފުޅުގައި، މިފަދަ ވެބްސައިޓެއް އިފްތިތާޙް ކުރުމަކީ މިޒަމާނަށް ބަލާއިރު ވަރަށްވެސް މުހިންމު ކަމެއް ކަމަށާއި ކައުންސިލުން ކުރަމުންގެންދާ ކަންކަމުގެ ޚަބަރުތަކާއި އިޢުލާންތަކާއި ދެންނެވުން އަދި ކައުންސިލްގެ ނިންމުންފަދަ މުހިންމު ލިޔުންތައް ވެބްސައިޓުން ފެންނަން ހުންނާނެކަމަށް ވިދާޅުވިއެވެ. އަދި ކައުންސިލުންދޭ ޚިދުމަތްތައް ހޯއްދެވުމުގައި ޢަމަލު ކުރަންޖެހޭ ގޮތުގެ ތަފްޞީލް ހިމެނިފައިވުމުން، އެފަދަ ކަންކަމުގައި ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރަން ޖެހޭޖެހުން ކުޑަވާނެކަމަށްވެސް ވިދާޅުވިއެވެ. އަދި ޙާއްސަ ގޮތެއްގައި ރަށު ތަރައްޤީގެ ޕްލޭން ތައްޔާރު ކުރުމުގައި ރަށުން ބޭރުގައި ތިބި ރަށުގެ ބޭފުޅުންގެ ޙިއްސާ ވަރަށްވެސް މުހިންމު ކަމަށާއި ރަށުން ބޭފުގައި ތިއްބެވި ރަށުގެ ބޭފުޅުންނަށް ވެބްސައިޓ
މެދުވެރިކޮށް ތަރައްޤީ ޕްލޭނަށް ޙިޔާލު ހުށަހެޅުއްވޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށްވެސް ވިދާޅުވިއެވެ.


ފައިނު ކައުންސިލްގެ އިދާރާގެ ވެބްސައިޓާއި ފޭސްބޫކް ޕޭޖް އިފްތިތާޙްކޮށްފި ފައިނު ކައުންސިލްގެ އިދާރާގެ ވެބްސައިޓާއި ފޭސްބޫކް ޕޭޖް އިފްތިތާޙްކޮށްފި Reviewed by ފައިނު ކައުންސިލް އިދާރާ on 12:45 AM Rating: 5
Powered by Blogger.