ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

އިޢުލާން - ކޮންޓްރެކްޓް އުޞޫލުން މިސްކިތު މުދިމުކަން ކޮށްދޭނެ ފަރާތެއް ހޯދުން - 2016.77

މިރަށު ހުކުރުމިސްކިތުގެ މުދިމްކަން 17 ނޮވެމްބަރ 2016 ން 04 ޑިސެމްބަރ 2016 އަށް ކޮންޓްރެކްޓް ޢުޞޫލުން ކޮށްދޭނެފަރާތެއް ހޯދަން ނުންވެއްޖެއެވެ. މިކަމަށް އަށްޔަންކުރެވޭ ފަރާތަކީ އިމާމު / މުދިމް ކަމުގެ ސަނަދު / ސެޓްފިކެޓް ލިބިފައިވާ ނުވަތަ އެފެންވަރު ހުރި ރީތިކޮށް ބަންގިގޮވާ ޤްރުއާން ކިޔަވަން އެނގޭ ފަރާތެއްކަމުގައި ވާންވާނެއެވެ.

މަތީގައި ބަޔާންކުރެވުނު ފެންވަރުގެ މީހަކު ނުލިބިއްޖެނަމަ ބަންގިގޮވާ އިމާމުވެ ނަމާދުކުރެވޭފަދަ މީހުންނާއި ޙަވާލުކުރާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން ވަގުތީގޮތުން މިސްކިތް ބަލަހައްޓާ ފަރާތަކަށް މުދިމެއްގެ މުސާރަކަމުގައިވާ 3565/- ރުފިޔާއާއި، ސާވިސް އެލަވަންސްގެ ގޮތުގައި ލިބޭ 1500/- ރުފިޔާއިން ދުވަހަކަށްޖެހޭ ޢަދަދަކުން ފައިސާ ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާއާއި ބަންދުދުވަހުގެ ފައިސާ ލިބޭނެއެވެ. ސަރުކާރުގެ މުވައްޒަފެއްނަމަ ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން ފައިސާ ލިބޭނެއެވެ. 
ވީމާ، މިކަމަށް އެދޭފަރާތްތަކުން 15 ނޮވެމްބަރ 2016 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި އައިޑީކާޑް ފޮޓޯކޮޕީއަކާއެކު ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ތަޢުލީމީ ސެޓްފިކެޓް ނެތްނަމަވެސް އައިޑީކާޑްގެ ފޮޓޯކޮޕީއަކާއިއެކު ހުށަހެޅުއްވުން އެދެމެވެ. 
10 ސަފަރު 1438
10 ނޮވެމްބަރ 2016  

އިޢުލާން ނަމްބަރ: (IUL)311/311/2016/77
އިޢުލާން - ކޮންޓްރެކްޓް އުޞޫލުން މިސްކިތު މުދިމުކަން ކޮށްދޭނެ ފަރާތެއް ހޯދުން - 2016.77 އިޢުލާން - ކޮންޓްރެކްޓް އުޞޫލުން މިސްކިތު މުދިމުކަން ކޮށްދޭނެ ފަރާތެއް ހޯދުން - 2016.77 Reviewed by ފައިނު ކައުންސިލް އިދާރާ on 12:00 AM Rating: 5
Powered by Blogger.