ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ރަށުތަރައްޤީގެ ޕްލޭން ރައްޔިތުންނަށް ހުށަހަޅައި ޙިޔާލުހޯދުމަށް ބައްދަލުވުމެއް ބާއްވައިފި

ކުރިޔަށް އޮތް 5 އަހަރަށް ތައްޔާރުކުރާ ރަށު ތަރައްޤީގެ ޕްލޭނަށް ރައްޔިތުންގެ ޙިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި 29 ނޮވެމްބަރ 2016 ވަނަ ދުވަހުގެ ރޭގަނޑު ބައްދަލުވުމެއް ބާއްވައިފިއެވެ. މިބައްދަލުވުމުގައި އެންމެ ފުރަތަމަ އޮތީ ތަޢާރަފް ކުރުމުގެ ގޮތުން ވާހަކަ ދެއްކެވުމެވެ. އެގޮތުން ތަޢާރަފް ކުރުމުގެ ގޮތުން އ. ޑިރެކްޓަރ އިބްރާހީމް ޙުސައިން ދެއްކެވި ވާހަކަފުޅުގައި، މިއީ ރަށުގެ ކުރިމަގު ރޭވުމަށް ވަރަށްވެސް މުހިންމު ކަމެއްކަމަށްވިދާޅުވެ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި ޙަރަކާތްތެރިވި އެންމެހާ ބޭފުޅުންނަށް ޝުކުރު ޢަދާކުރެއްވިއެވެ.
އެއަށްފަހު ކައުންސިލްގެ ރައީސް އިބްރާހީމް ނާޞިރު ދެއްކެވި ވާހަކަފުޅުގައި މިފަދަ މުހިންމު ޕްލޭނެއް އެކުލަވާލައި ނިންމާލުމުގެ މަސައްކަތުގައި ބައިވެރިވެދެއްވި އެންމެހާ ބޭފުޅުންނަށް ޝުކުރު ޢަދާކުރެއްވިއެވެ. އަދި ކައުންސިލް އިދާރާގެ ވެބްސައިޓް މެދުވެރިކޮށް ޙިޔާލު ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި ޙިޔާލު ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ އެފަރާތުގެ ނަން ފާހަގަކުރައްވާ އެފަރާތަށް ޝުކުރު އަދާކުރެއްވިއެވެ. ކައުންސިލްގެ ރައީސްގެ ވާހަކަފުޅަށްފަހު ދެންއޮތީ ރިޕޯޓްގެ ޚުލާސާ ޕްރެޒެންޓޭޝަން ހުށަހެޅުމެވެ. ޕްރެޒެންޓޭޝަން ނިމުމުން އެކިއެކި ދާއިރާތަކުން ހިމަނާފައިވާ ކަންކަމަށް ޙިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވުނެވެ..




ރަށުތަރައްޤީގެ ޕްލޭން ރައްޔިތުންނަށް ހުށަހަޅައި ޙިޔާލުހޯދުމަށް ބައްދަލުވުމެއް ބާއްވައިފި ރަށުތަރައްޤީގެ ޕްލޭން ރައްޔިތުންނަށް ހުށަހަޅައި ޙިޔާލުހޯދުމަށް ބައްދަލުވުމެއް ބާއްވައިފި Reviewed by ފައިނު ކައުންސިލް އިދާރާ on 11:04 PM Rating: 5
Powered by Blogger.