ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

"ހީވާގި ކަނބަލުން" ނަމުގައި އަންހެން ބޭކަނބަލުންނަށް މަޢުރަޒެއް ބޭއްވުމާއިބެހޭ

ދިވެހިރާއްޖޭގެ ކުރިއެރުމާއި ތަރައްޤީގައި އަންހެނުންގެ ބައިވެރިވުމާއި ޙިއްޞާ އިތުރުކުރުމަށްޓަކައި އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުމުގެ ފުރުޞަތުތައް ދިވެހި އަންހެނުންނަށް ހޯދައިދިނުމަށް މަގުފަހިކޮށްދިނުމަށާއި އަންހެނުންގެ ހުނަރު ތަރައްޤީކޮށް އަންހެނުންގެ
މަސައްކަތްތެރިކަމުގެ އަގުވަޒަންކޮށް ހިތްވަރުދިނުމުގެ މަޤްޞަދުގައި، އަންހެނުންގެ ކޮމެޓީތަކާއި އަންހެނުން ޙިއްޞާވާ ކްލަބް ޖަމްޢިއްޔާ އަދި ވަކިވަކި ކަނބަލުންނަށްވެސް ބައިވެރިވެވޭގޮތަށް ހުޅުވާލައިގެން "ހީވާގި ކަނބަލުން" ގެ ނަމުގައި ދިވެހި އަންހެނުންގެ މަސައްކަތްތެރިކަން ދައްކުވައިދޭ މަޢުރަޒެއް ޑިސެމްބަރ މަހުގެ މެދުތެރޭގައި ބޭއްވުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅުން ވަނީ އަންގާވާފައެވެ.
މިމަޢުރަޒުގައި ތަކެތި ބައިވެރިކުރައްވާ ފަރާތްތަކަށް ބައިވެރިކުރައްވާ ތަކެތި ވިއްކުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައިވެއެވެ. މީގެ އިތުރުން މިމަޢުރަޒުގައި ބައިވެރިވާ ފަރާތްތަކާއި ބައިވެރިކުރާ ތަކެތި ގިންތިތަކަށް ބަހާލައިގެން ކަނޑައެޅޭ އުޞޫލެއްގެ ދަށުން އެކި ވަނަތައް ހޮވުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ.
ވީމާ، "ހީވާގި ކަނބަލުން" މަޢުރަޒުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މިހިނގާ ނޮވެމްބަރ މަހުގެ 25 ގެ ކުރިން ހޮޓްލައިން ނަންބަރ 7903113 އަށް ގުޅުއްވާ ނަން ނޯޓްކުރެއްވުން އެދެމެވެ. މަޢުރަޒުގައި ތަކެތި ބައިވެރިކުރެވޭނެ ގިންތިތަކުގެ ލިސްޓް ތިރީގައި އެވަނީއެވެ.
20 ސަފަރު 1438
20 ނޮވެމްބަރ 2016  


"ހީވާގި ކަނބަލުން" ނަމުގައި އަންހެން ބޭކަނބަލުންނަށް މަޢުރަޒެއް ބޭއްވުމާއިބެހޭ "ހީވާގި ކަނބަލުން" ނަމުގައި އަންހެން ބޭކަނބަލުންނަށް މަޢުރަޒެއް ބޭއްވުމާއިބެހޭ Reviewed by ފައިނު ކައުންސިލް އިދާރާ on 9:01 PM Rating: 5
Powered by Blogger.