skip to main |
skip to sidebar
މި ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް މި ރަށު ބަނދަރުމަތީ މޮނިއުމަންޓެއް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު ކައުންސިލް އިދާރާގެ އީމެއިލް procurement@fainu.gov.mv ފޮނުއްވައިގެން ނުވަތަ މިއިދާރާއަށް ދުރުވެ ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމާއި ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
އިއުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލު
• ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން: 06 ޖޫން 2024 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް
• ބީލަން ބަލައިގަތުން: 12 ޖޫން 2024 ވަނަ ދުވަހުގެ 13.00 ގެ ނިޔަލަށް.
• ބީލަންތައް ހުޅުވުން: 12 ޖޫން 2024 ގެ 13:05 ގައި ފައިނު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި
ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައި ސިޓީއުރައެއްގައެވެ. މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އިދާރާގެ ނަންބަރު 4000311 ނުވަތަ އީމެއިލް procurement@fainu.gov.mv އަށް މެދުވެރިކޮށް ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
ބަނދަރުމަތީ މޮނިއުމަންޓެއް ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެ
Reviewed by
ފައިނު ކައުންސިލް އިދާރާ
on
8:19 PM
Rating:
5
No comments: