ފަޤީރުންނާއި، މިސްކީނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓްރީކުރުމާއި ގުޅޭ
ދިވެހިރާއްޖޭގެ ޒަކާތުހައުސްއިން އެކުލަވާލައި 08 މޭ 2024
ވަނަ ދުވަހު ގެޒެޓް ކުރެވިފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު
އެކުލަވާލުމުގެ އުސޫލާއި އެއްގޮތަށް ފަޤީރުންނާއި މިސްކީނުގެ ދަފްތަރުގައި އަލަށް
ރަޖިސްޓްރީވުމަށް އެދިލައްވާ ފަރާތްތަކަށް އެފުރުޞަތު 19 މޭ 2024 ދުވަހުން
ފެށިގެން ވަނީ ހުޅުވާލެވިފައެވެ.
މުދަލު ޒަކާތް ދޫކުރެވޭނީ ކޮންމެ ހިޖުރީ އަހަރެއްގެ
ޙައްޖުމަހުގެ 01 ވަނަ ދުވަހާއި ހަމައަށް ދަފުތަރުގައި ރަޖިސްޓްރީވެފައިވާ
ފަރާތްތަކަށް ކަމުގައިވާތީ، މިއަހަރުގެ މުދަލުޒަކާތުގެ ފައިސާ ޖަމާކުރެވޭނީ 08
ޖޫން 2024 ގެ ނިޔަލަށް ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ވީމާ، ، ފަޤީރުންނާއި، މިސްކީނުންގެ ދަފުތަރުގައި
ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން
އެދެމެވެ.
ފަޤީރުންނާއި، މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް
އެދޭ ފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ.
ވީމާ، މިކަން މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން
ކުރީމެވެ.
ނަންބަރު: (IUL)311/311/2024/20
ގުޅުންހުރި ފައިލް: -
No comments: