skip to main |
skip to sidebar
ދިގުމުއްދަތަށް ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ޑްރިޕް އިރިގޭޝަން ޕްރޮޖެކްޓްގެ ދަށުން ތަރައްޤީކުރެވިފައިވާ 3 (ތިނެއް) ދަނޑުބިމުގެ އިތުރުން ސޯސަންމަގުގައި ދަނޑުވެރިކަން ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން 5 (ފަހެއް) ދަނޑުބިން، ޖުމުލަ 8 (އަށެއް) ދަނޑުބިން ދޫކުރާގޮތަށްވަނީ ހަމަޖެހިފައެވެ. ދަނޑުބިމުގެ ބޮޑުމިނަކީ 10،000 (ދިހަހާސް) އަކަފޫޓެވެ. ދަނޑުބިން ދޫކުރާނީ "ރ.ފައިނުން ދިގުމުއްދަތަށް ދަނޑުބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމުގެ އުޞޫލު" އާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ..
ވީމާ، ދިގުމުއްދަތަށް ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކުން ދަނޑުބިމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 11 އޭޕްރީލް 2023 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ދަނޑުބިމަށް އެދޭ ފޯމް މިއަދުން ފެށިގެން މިއިދާރާއިންނާއި އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އިޢުލާން ކުރީމެވެ.
ދިގުމުއްދަތަށް ދަނޑުވެރިކަން ކުރުމަށް، ދަނޑުބިމަށް އެދުމުގެ ފުރުޞަތު ހުޅުވާލުން
Reviewed by
އާމިނަތު ވަސީމާ
on
11:46 PM
Rating:
5
No comments: