ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ޙާފިޡުގެ ހުރުމާއި، ކެއުން ހަމަޖައްސައިދޭނޭ ފަރާތެއް ހޯދުމާއި ބެހޭ

1444 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު ހުކުރު މިސްކިތުގައި ޙިފުޡުކޮށް ތަރާވީޙް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ގެނެއުމަށް ހަމަޖެހިފައިވާ ޙާފިޡު މިރަށުގައި ހުންނަވާ 01 މަސްދުވަހުގެ މުއްދަތަށް ހުރުމާއި، ކެއުމުގެ ކަންތައްތައް ހަމަޖައްސައިދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވިމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އެކަން ކޮށްދެއްވިދާނޭ އަގު 09 މާރިޗު 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 01:00 ގެ ކުރިން މިއިދާރާއަށް ލިޔުމަކުން ހުށަހެޅުއްވުން އެދި ދެންނެވީމެވެ. އަދި މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއދާރާގެ އީމެއިލް fainuoffice@gmail.com މެދުވެރިކޮށް ނުވަތަ މިއިދާރާގެ ނަމްބަރ 6580072 ފޯނާއި ގުޅުއްވުން އެދެމެވެ.


ޙާފިޡުގެ ހުރުމާއި، ކެއުން ހަމަޖައްސައިދޭނޭ ފަރާތެއް ހޯދުމާއި ބެހޭ ޙާފިޡުގެ ހުރުމާއި، ކެއުން ހަމަޖައްސައިދޭނޭ ފަރާތެއް ހޯދުމާއި ބެހޭ Reviewed by އާމިނަތު ވަސީމާ on 10:05 PM Rating: 5

No comments:

Powered by Blogger.