skip to main |
skip to sidebar
31 ޑިސެންބަރު 2022 ގެ ނިޔަލަށް މިރަށު ރައްޔިތުންގެ ބަނބުކެޔޮ ގަސްތައް ކުއްޔަށް ހަވާލުކުރާނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ބަނބުކެޔޮ ގަސްތައް މިފަހަރު ޙަވާލުކުރުމަށް ހަމަޖެފައިވަނީ އަޙުމަދުފުޅުބެ ކޮށި މަގުގެ ހުޅަނގާއި އިރުމަތީގައި ހުރި ގަސްތައް ވަކިވަކިން ކަމަށްވާތީ، އަގު ހުށަހަޅާއިރު ކޮންމެ ބައެއްވެސް ވަކިން އަގު ހުށަހަޅަންވާނެއެވެ. އެއްބޭފުޅަކަށް ދެ ބަޔަށްވެސް އަގު ހުށަހެޅިދާނެއެވެ.
ވީމާ، ރައްޔިތުންގެ ބަނބުކެޔޮ ގަސްތައް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން ކުއްޔަށް ހިފަން ގަސްދުކުރައްވާ އަގު އެނގޭނޭގޮތަށް 2021 ޑިސެމްބަރ 30 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ތިރީގައި ދެންނެވިފައިވާގޮތަށް ކޮންމެ ބައެއްވެސް ވަކިވަކިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ފޮނުއްވާ ސިޓީގައި ތިރީގައިވާ މަޢުލޫމާތު ތަފްޞީލްކޮށް ލިޔެވިފައި އޮންނަން ވާނެއެވެ. އަދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި، އެޑުރެސް އަދި " ބަނބުކެޔޮ ގަސްތައް ކުއްޔަށް ޙަވާލުވުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ.
ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ރުއްގަސްތައް
2. ރައްޔިތުންގެ ބަނބުކެޔޮގަސްތައް (އިރުމަތި، ހުޅަނގުކޮޅު ވަކިން)
ހުށަހަޅަންޖެހޭ ތަކެއްޗާއި، ހަވާލު ކުރުމުގައި ބަލާނެ ކަންކަން
1. ގަސްތަކާ ޙަވާލުވުމަށް ހުށަހަޅުއްވާ ކުލި. (ކޮންމެބައެއްވެސް ވަކިން)
2. ގަސްތައް ދިރުވާ އާލާކުރުމަށް ކުރައްވާނޭ މަސައްކަތުގެ ތަފްޞީލް.
3. ގަސްތަކުން ލިބޭ ތަކެތި ބޭނުންކުރެއްވުމުގައި ރަށުގެ ރައްޔިތުންނަށް އިސްކަންދޭނެ މިންވަރަކާއި ކުރާނޭ ފައިދާ.
ހުށަހަޅުއްވާ ހުށަހެޅުއްވުންތަކަށް މާކުސް ދެވޭނީ ތިރީގައިވާ ގޮތުގެމަތިންނެވެ.
• ކުއްޔަށް %90
• ބަނބުކެޔޮ ގަސްތައް ދިރުވާ އާލާކުރުމަށް ހުށަހަޅުއްވާ ހުށަހެޅުއްވުންތަކަށް %5
• ބަނބުކެޔޮ ގަސްތަކުން ލިބޭތަކެތި ބޭނުންކުރެއްވުމުގައި ރައްޔިތުންނަށް އިސްކަންދެއްވާނޭ މިންވަރު %5
ރައްޔިތުންގެ ބަނބުކެޔޮ ގަސްތައް ކުއްޔަށް ހަވާލުކުރުމާއި ގުޅޭ
Reviewed by
އިބްރާހީމް ފަހީމް
on
11:26 PM
Rating:
5
No comments: