skip to main |
skip to sidebar
މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މަގުބައްތި ދަނޑި ތައްޔާރު ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.
މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަށް މަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 15 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11:00 ގައި އޮންލައިންކޮށެވެ. އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 19 ޖުލައި 2021 ވާ ހޯމަ ދުވަހުގެ މެންދުރު 11:00ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުން ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށްވާތީ، މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ނަންނޯޓު ކުރެއްވުން އެދެމެވެ.
މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6580072 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.
މަގުބައްތި ތައްޔާރު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
Reviewed by
ފައިނު ކައުންސިލް އިދާރާ
on
8:15 AM
Rating:
5
No comments: