ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ރައްޔިތުންގެ ރުއްގަސް ކުއްޔަށް ޙަވާލުކުރުމާއިގުޅޭ.

މިރަށު ރައްޔިތުންގެ ރުއްގަސް ކުއްޔަށް ދޫކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު 31 ޑިސެމްބަރ 2020 ގެ ނިޔަލަށް ހަމަވާތީ، 2021 ޑިސެމްބަރ 31 އަށް ރައްޔިތުންގެ ރުއްގަސް ކުއްޔަށް ޙަވާލުކުރާނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ރައްޔިތުންގެ ރުއްގަސް މިފަހަރު ޙަވާލުކުރުމަށް ހަމަޖެފައިވަނީ އަޙުމަދުފުޅުބެ ކޮށި މަގުގެ ހުޅަނގާއި އިރުމަތީގައި ހުރި ރުއްތަކާއި ބަނބުކެޔޮ ގަސްތައް ވަކިން ކަމަށްވާތީ، އަގު ހުށަހަޅާއިރު ކޮންމެ ބައެއްވެސް ވަކިން އަގު ހުށަހަޅަންވާނެއެވެ. ރައްޔިތުންގެ ރުއްތައް ކުއްޔަށް ޙަވާލުކުރުމުގައި ތިރީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ މައްޗަށްބަލައި އެންމެ ރަނގަޅު ހުށަހެޅުން ހުށަހަޅާ ފަރާތަކަށް ޙަވާލުކުރުމަށް އިސްކަން ދެވޭނެއެވެ.

ވީމާ، ރައްޔިތުންގެ ރުއްތައް ކުއްޔަށް ހިފުމަށް އެދިލައްވާ ފަރާތްތަކުން ކުއްޔަށް ހިފަން ގަސްދުކުރައްވާ އަގު އެނގޭނޭގޮތަށް 2020 ޑިސެމްބަރ 21 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައި ދެންނެވިފައިވާގޮތަށް ކޮންމެ ބައެއްވެސް ވަކިވަކިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ފޮނުއްވާ ސިޓީގައި ތިރީގައިވާ މަޢުލޫމާތު ތަފްޞީލްކޮށް ލިޔެވިފައި އޮންނަން ވާނެއެވެ. އަދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި، އެޑުރެސް އަދި " ރުއްތައް ކުއްޔަށް ޙަވާލުވުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. ރައްޔިތުންގެ ރުއްތަކާއި، ބަނބުކެޔޮ ގަސްތައް އެންމެފަހުން ޙަވާލުކުރެވިފައިވާ ކުއްޔަކީ 5866.65 ރުފިޔާ (ފަސްހާސްއަށްސަތޭކަފަސްދޮޅަސްހަރުފިޔާ/ފަސްދޮޅަސްފަސްލާރި) ރުފިޔާއެވެ.

ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ރުއްގަސްތައް
1. ރައްޔިތުން ރުއްތައް (އިރުމަތި، ހުޅަނގުކޮޅުގެ ރުއްތައްވަކިން)
2. ރައްޔިތުންގެ ބަނބުކެޔޮގަސްތައް (އިރުމަތި، ހުޅަނގުކޮޅު ވަކިން)

ހުށަހަޅަންޖެހޭ ތަކެއްޗާއި، ދޫކުރުމުގައި ބަލާނެ ކަންކަން
1. ރުއްގަސް ޙަވާލުވުމަށް ހުށަހަޅުއްވާ ކުލި. (ކޮންމެބައެއްވެސް ވަކިން)
2. ރުއްގަސް ދިރުވާ އާލާކުރުމަށް ކުރައްވާނޭ މަސައްކަތުގެ ތަފްޞީލް.
3. ރުކާއި ގަސްތަކުން ލިބޭ ތަކެތި ބޭނުންކުރެއްވުމުގައި ރަށުގެ ރައްޔިތުންނަށް އިސްކަންދޭނެ މިންވަރަކާއި ކުރާނޭ ފައިދާ.

ހުށަހަޅުއްވާ ހުށަހެޅުއްވުންތަކަށް މާކުސް ދެވޭނީ ތިރީގައިވާ ގޮތުގެމަތިންނެވެ.
• ކުއްޔަށް %60
• ރުއްތަކާއި، ބަނބުކެޔޮ ގަސްތައް ދިރުވާ އާލާކުރުމަށް ހުށަހަޅުއްވާ ހުށަހެޅުއްވުންތަކަށް %25
• ރުއްތަކާއި، ބަނބުކެޔޮ ގަސްތަކުން ލިބޭތަކެތި ބޭނުންކުރެއްވުމުގައި ރައްޔިތުންނަށް އިސްކަންދެއްވާނޭ މިންވަރު %15


ރައްޔިތުންގެ ރުއްގަސް ކުއްޔަށް ޙަވާލުކުރުމާއިގުޅޭ. ރައްޔިތުންގެ ރުއްގަސް ކުއްޔަށް ޙަވާލުކުރުމާއިގުޅޭ. Reviewed by އިބްރާހީމް ފަހީމް on 9:32 PM Rating: 5

No comments:

Powered by Blogger.