ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ފައިނު ކައުންސިލް އިދާރާއިން އަރުޝީފް ކުރުމުގެ ދުވަހެއް ފާހަގަ ކޮށްފި


ފައިނު ކައުންސިލް އިދާރާގެ ފަރާތުން އަރުޝީފް ކުރުމުގެ ދުވަހެއް ފާހަގަ ކޮށްފިއެވެ.

މިއަދު ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި، ކުރީގެ ފައިނު އޮފީހުގައި ރައްކާކުރެވިފައިވާ ގިނަ ފޮތްތަކެއް ސްކޭންކޮށް ރައްކާކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ. މި ހަރަކާތުގެ ބޭނުމަކީ، ކުރީ ޒަމާނުގެ މުހިންމު އެކިއެކި މަޢުލޫމާތުތައް ހުންނަ ފޮތްތައް ގިނަ ދުވަހަށް ބެހެއްޓުމާއި، އެތަކެތި ރައްކާތެރި ކަމާއިއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމެވެ.
އޭރުގެ ފައިނު އޮފީހުގައި، ތަޢުލީމީ ދާއިރާފަދަ މުހިންމު ދާއިރާތަކުގެ ލިޔެކިޔުންތައް ގިނަ ޢަދަދަކަށް ރައްކާ ކުރެވިފައި އެބަހުއްޓެވެ. އެގޮތުން، 1960 ގެ އަހަރުތަކުގެ ލިޔެކިޔުންވެސް މިއަދުގެ ހަރަކާތުގައިވަނީ ހޯދާ ސްކޭން ކުރަން ފެށިފައެވެ. މި ލިޔެކިޔުންތައް ކުރިޔަށް އޮތް ދުވަސްތަކުގައި ސްކޭންކޮށް ނިންމުމުގެ މަސައްކަތް ކުރަމުން ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.



ފައިނު ކައުންސިލް އިދާރާއިން އަރުޝީފް ކުރުމުގެ ދުވަހެއް ފާހަގަ ކޮށްފި ފައިނު ކައުންސިލް އިދާރާއިން އަރުޝީފް ކުރުމުގެ ދުވަހެއް ފާހަގަ ކޮށްފި Reviewed by އިބްރާހީމް ފަހީމް on 7:42 AM Rating: 5

No comments:

Powered by Blogger.