ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ލައިސަންސް ދޫކުރުމަށް ބޭނުންވާ އެގްޒަމިނަރުން ހޯދުމާއިބެހޭ

އެއްގަމާއި، ކަނޑުގައިދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް މިއިދާރާއިން ދޫކުރުމަށްޓަކައި އެކަމުގައި ޙަރަކާތްތެރިވާނެ އެގްޒަމިނަރުން ހޯދުމަށް ބޭނުންވެއެވެ.

އެއްގަމުގައި ދުއްވާ ތަކެތި:
ޝަރުތު: އޭ ޒޯންގެ ލައިސަންސް ލިބިފައިވާތާ 3 އަހަރުވެފައިވުން.

ހުށަހަޅަންޖެހޭ ތަކެތި:
1. އެގްޒަމިނަރަކަށް ވުމަށް އެދި ހުށަހަޅާ ސިޓީ
2. އައިޑީކާޑްގެ ކޮޕީ
3. ލައިސަންސް ކާޑްގެ ކޮޕީ
4. ޕޮލިސް ރިޕޯޓް

ކަނޑުގައި ދުއްވާތަކެތި:
ޝަރުތު: ނިޔަމިކޯހުގެ ލެވެލް 1 (ކޯސްޓަލް ނެވިގޭޝަން ކްލާސް 5) ފުރިހަމަކޮށްފައިވާ އަދި ކަނޑުގައި ދުވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކެޓެގަރީ މަދުވެގެން A.B.C.D.G ލިބިފައިވާ ފަރާތެއް ކަމުގައިވުން.

ހުށަހަޅަންޖެހޭ ތަކެތި:
1. އެގްޒަމިނަރަކަށް ވުމަށް އެދި ހުށަހަޅާސިޓީ
2. އައިޑީކާޑްގެ ކޮޕީ
3. ލައިސަންސް ފޮތުގެ ކޮޕީ
4. ޕޮލިސް ރިޕޯޓް

މިކަމަށް އެދޭ މީހުންގެ ތެރެއިން އެއްގަމުގައި ދުއްވާ ތަކެތީގެ ތެރެއިން ލައިސަންސް ދޫކުރެވޭ ކޮންމެ ސައިކަލް ލައިސަންސްއަކަށް -/15 (ފަނަރަ ރުފިޔާ) ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދަކަށް -/25 (ފަންސަވީސް ރުފިޔާ)، 3 ފޮރޮޅުލީ އެއްގަމު އުޅަނދަކަށް، -/10 (ދިހަ ރުފިޔާ) ލިބޭނެއެވެ. އަދި ކަނޑުގެ ލައިސަންސް ދޫކުރެވޭ ކޮންމެ ކެޓަގަރީއަކަށް -/10 (ދިހަ ރުފިޔާ) ގެ ރޭޓުން ފައިސާ ލިބޭނެއެވެ.

ވީމާ، މިކަމަށް ޝައުޤްވެރިވާ ފަރާތްތަކުން 08 ސެޕްޓެމްބަރ 2020 ވަނަ ދުވަހުގެ 13:30 ގެ ކުރިން މަތީގައިވާ ތަކެއްޗާއިއެކު ސިޓީ އަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.


އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ލައިސަންސް ދޫކުރުމަށް ބޭނުންވާ އެގްޒަމިނަރުން ހޯދުމާއިބެހޭ އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ލައިސަންސް ދޫކުރުމަށް ބޭނުންވާ އެގްޒަމިނަރުން ހޯދުމާއިބެހޭ Reviewed by އިބްރާހީމް ފަހީމް on 12:13 AM Rating: 5

No comments:

Powered by Blogger.