ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ކައުންސިލަށް ޕިކަޕެއް ގަންނަން ބޭނުންވެއްޖެ

މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މިކައުންސިލަށް 1.5 ޓަނުގެ ޕިކަޕެއް ގަތުމަށް ބޭނުންވެއެވެ.

މިކަމާއިގުޅޭ މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 31 އޯގަސްޓް 2020 ވާ ހޯމަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ. ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 08 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަވަންވާނެއެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6580072 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.

ތިރީގައި އެވަނީ ޕިކަޕްގެނެސް ދިނުމަށް އެދޭފަރާތްތަކަށް މާކުސް ދިނުމަށް ހަމަޖެހިފައިވާގޮތެވެ.

• ހުށަހަޅާ އަގަށް % 75
• ތަޖުރިބާއަށް % 15
• މުއްދަތަށް: % 10

ކައުންސިލަށް ޕިކަޕެއް ގަންނަން ބޭނުންވެއްޖެ ކައުންސިލަށް ޕިކަޕެއް ގަންނަން ބޭނުންވެއްޖެ Reviewed by އިބްރާހީމް ފަހީމް on 8:07 PM Rating: 5

No comments:

Powered by Blogger.