ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ބިދޭސީންގެ ދަފްތަރު އެކުލަވާލުމާއިބެހޭ

ބިދޭސީންގެ ކަންކަން ބެލެހެއްޓުން މިނިސްޓްރީއޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ޙަވާލުވުމާއި ގުޅިގެން ޤަވާޢިދާއި ޚިލާފަށް ޙަރަކާތްތެރިވާ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތް އެމިނިސްޓްރީން އަންނަނީ ކުރަމުންނެވެ. މިފަދަ މަސައްކަތުގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ހަރަކާތްތެރިވާ ބިދޭސީންގެ ދަފުތަރެއް އެކުލަވާލާ ޤަވާޢިދާއި ހިލާފަށް އުޅޭ ބިދޭސީން ދެނެގަނެ، އެފަރާތްތައް ޤަވާއިދުގެ ތެރެއަށް ވައްދައި ޤަވާއިދާއި އެއްގޮތްވާގޮތުގެމަތިން ރާއްޖޭގައި ހަރަކާތްތެރިވެނޭނެ އިންތިޒާމް ހަމަޖައްސައިދިނުމުވެ. މިގޮތަށް ޤަވާއިދުގެ ތެރެއިން ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކަށާއި، އެފަރާތްތައް ވަޒީފާގައި ގެންގުޅުމުގެ ޒިންމާ ނަގަން ބޭނުންވާ ފަރާތްތަކަށް އިތުރު މާލީ ތަކުލީފުތަކެއް ނާންނާނެ ގޮތަކަށް މިކަންކަން އިންތިޒާމް ކުރުމަށް އެމިނިސްޓްރީން ނިންމަވާފައިވާ ވާހަކަވެސް ދެންނެވީމެވެ.

ވީމާ، ރ. ފައިނުގައި ހަރަކާތްތެރިވާ ބިދޭސީންގެ މަޢުލޫމާތު މިއިދާރާއަށް ލިބޭނޭގޮތް ހައްދަވައިދެއްވުން އެދެމެވެ. އަދި ބިދޭސީންގެ މަޢުލޫމާތު ހުށަހަޅުއްވާއިރު ތިރީގައިވާ މަޢުލޫމާތުތަކާއިއެކު 19 އޭޕްރީލް 2019 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުންވެސް އެދެމެވެ.

1. މީހާގެ ނަން
2. ނިސްބަތްވާ ގައުމު
3. ޕާސްޕޯޓް ނަމްބަރ
4. އެމްޕްލޯޔަރު
5. ވަޒީފާ ޢަދާކުރަން ހުއްދަދީފައިވާ ދާއިރާ
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.


ބިދޭސީންގެ ދަފްތަރު އެކުލަވާލުމާއިބެހޭ ބިދޭސީންގެ ދަފްތަރު އެކުލަވާލުމާއިބެހޭ Reviewed by އިބްރާހީމް ފަހީމް on 1:12 AM Rating: 5

No comments:

Powered by Blogger.