ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ޤައުމީ ދުވަސް ފާހަގަ ކުރުމަށް ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފި

މިއަހަރުގެ ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތެއް 9 ނޮވެމްބަރ 2018 ވީ ހުކުރު ދުވަހުގެ ބާއްވައިފިއެވެ. މިރަސްމިއްޔާތު ފެށުނީ އެދުވަހުގެ ފަތިހު 5:50 ގައެވެ. ރަސްމިއްޔާތު ފެށުމުގެ ގޮތުން އެސިސްޓެންޓް ޑިރެކްޓަރ އިބްރާހީމް ޙުސައިންވަނީ މިދުވަސް ފާހަގަ ކުރުމުގެ މުހިންމު ކަމާއި ގުޅޭގޮތުންނާއި ދުވަސް ފާހަގަ ކުރާ ސަބަބާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އެއަށްފަހު މިރަސްމިއްޔާތުގައި ދިދަ ނަންގަވައިދެއްވީ ފައިނު ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ނާޞިރެވެ. ދިދަ ނެގުމަށްފަހު ޤައުމީ ސަލާމް ކިޔުން އޮތެވެ.

މިރަސްމިއްޔާތު ނިމިގެން ދިޔައީ، ރަސްމިއްޔާތުގައި ބައިވެރިވި ފަރާތްތަކަށް އެެރުވުނު ބިލެއް މީރުކޮށްލުމަކުންނެވެ. މިރަސްމިއްޔާތުގައި ރަށުގެ ކުދިބޮޑު ގިނަ ބަޔަކު ބައިވެރިވެލެއްވިއެވެ.

ޤައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީއުލް އައްވަލް މަހުގެ 1 ވަނަ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ. ދިވެހީންގެ ޤައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު އެވެ.

ޤައުމީ ދުވަސް ފާހަގަ ކުރުމަށް ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފި ޤައުމީ ދުވަސް ފާހަގަ ކުރުމަށް ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފި Reviewed by އިބްރާހީމް ފަހީމް on 9:56 PM Rating: 5

No comments:

Powered by Blogger.