ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ޖުލައި މަހު ބޭއްވުމަށް ޤާނޫނުން ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުން ބާއްވައިފި


ޖުލައި މަހުގެ ތެރޭގައި ބޭއްވުމަށް ލާމަރުކަޒީ ޤާނޫނުން ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުން 28 ޖުލައި 2018 ވަނަ ދުވަހު ބާއްވައިފިއެވެ.

ކީރިތި ޤުރުއާނުގެ ބަރަކާތުން ބައްދަލުވުން ފައްޓަވައިދެއްވީ ކައުންސިލް އިދާރާގެ މަސައްކަތު މުވައްޒަފު އަޙުމަދު މުޙައްމަދެވެ. އެއަށްފަހު ޖަލްސާ ކުރިޔަށް ދާނޭގޮތުގެ ތަފްޞީލް އ. ޑިރެކްޓަރ އިބްރާހީމް ޙުސައިން ދެއްވިއެވެ. އަދި މިޖަލްސާގެ މުހިންމު ކަމާއި މިޖަލްސާގައި ރައްޔިތުންގެ ގިނަ ބަޔަކު ޙިއްސާ ވުމުގެ މުހިންމު ކަމާއި ބެހޭގޮތުން އަލިއަޅުވާލެއްވިއެވެ.


ޖަލްސާގައި ދެން އޮތީ ކައުންސިލްގެ ރައީސްގެ ވާހަކަދެކެވުމެވެ. ކައުންސިލްގެ ރައީސް އިބްރާހީމް ނާޞިރުގެ ވާހަކައިގައިވެސް މިބައްދަލުވުމުގެ މުހިންމު ކަމާއި މިފަދަ ބައްދަލުވުންތަކުން ރަނގަޅު ނިންމުންތަކެއް ނިންމުމަށްޓަކައި ގިނަ ބައެއްގެ ބައިވެރިވުން މުހިންމު ވާކަމުގައި ދެންނެވިއެވެ. އަދި ފާއިތުވި 6 މަހު ކައުންސިލުން ކުރިޔަށް ގެންގޮސްފައިވާ މުހިންމު ހަރަކާތްތަކަށް އަލިއަޅުވާލެއްވިއެވެ.


އެއަށްފަހު ދެން އޮތީ، ފާއިތުވި 6 މަސް ދުވަހުގެ ރިޕޯޓް ހުށަހެޅުމެވެ. ރިޕޯޓްގެ ޕްރެޒެންޓޭޝަނަށްފަހު ކައުންސިލްގެ މަސައްކަތު ތާވަލުގައި ހިމެނޭ މުހިންމު ކަންކަމާއި ކައުންސިލްގެ އާމްދަނީއިން 2019 ވަނަ އަހަރު ކުރުމަށް ކައުންސިލުން ނިންމަވާފައިވާ ކަންކަމުގެ ތަފްޞީލާއި މާލީ ހިސާބުތަކުގެ ތަފްޞީލް ދެވުނެވެ. އަދި މިކަންކަމާއި މެދު ހިޔާލު ފާޅުކުރުމުގެ ފުރުޞަތު ހުޅުވާލެވުނެވެ.

ޖަލްސާ ނިންމާލީ ވަޑައިގެންނެވި ބޭފުޅުންނަށް އެރުވުނު ބިލެއްމީރުކޮށްލެއްވުމަކުންނެވެ.
ޖުލައި މަހު ބޭއްވުމަށް ޤާނޫނުން ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުން ބާއްވައިފި ޖުލައި މަހު ބޭއްވުމަށް ޤާނޫނުން ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުން ބާއްވައިފި Reviewed by ފައިނު ކައުންސިލް އިދާރާ on 8:13 PM Rating: 5

No comments:

Powered by Blogger.