ފިޠުރު ޒަކާތް ދެއްކުމާއި ބެހޭ
މިއަހަރުގެ ފިޠުރު ޒަކާތް މިރަމަޟާން މަހުގެ 05 ވާ އާދިއްތަ ދުވަހުން ފެށިގެން 28 ރަމަޟާން 1439 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:30 ން މެންދުރުފަހު 13:30 އަށް މިއިދާރާއަށް ފިޠުރު ޒަކާތް ބަލައިގަންނަމުންދާގޮތަށް ވަނީ ހަމަޖެހިފައެވެ.
ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. ޒަކާތް ނެރުއްވާނީ މިއަހަރުގެ ރަމަޟާން މަހުގެ ތެރޭގައި ޢާއްމުކޮށް ކައިއުޅުނު ހަނޑުލުގެ އަގަށް ބައްލަވައިގެންނެވެ. ހަނޑުލުން ދައްކަވާ ނަމަ ދައްކަވާނީ 2.4 ކިލޯ ހަނޑުލެވެ. ފައިސާއިން ދައްކަވާނަމަ، އާދައިގެ ހަނޑުލަށް ދައްކަވާނީ 2.4 ކިލޯ ހަނޑުލުގެ އަގަށްވާ 11.52 ( އެގާރަ ރުފިޔާ/ ފަންސާސް ދެލާރި ) އެވެ. ތައިލެންޑު ހަނޑުލަށް ދައްކަވާ ނަމަ ދައްކަވާނީ 2.4 ކިލޯ ހަނޑުލަށްވާ 43.20 ( ސާޅީސް ތިންރުފިޔާ/ ވިހިލާރި ) އެވެ. ބާސްމަތީ ހަނޑުލަށް ދައްކަވާ ނަމަ ދައްކަވާނީ 2.4 ކިލޯ ހަނޑުލުގެ އަގަށްވާ 67.20 ( ފަސްދޮޅަސް ހަތް ރުފިޔާ/ ވިހިލާރި ) އެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
9 ރަމަޟާން 1439
23 މެއި 2018
ނަންބަރު: (IUL)311/311/2018/27
ފިޠުރު ޒަކާތް ދެއްކުމާއި ބެހޭ
Reviewed by ފައިނު ކައުންސިލް އިދާރާ
on
3:17 AM
Rating:
No comments: