ވައިން ކަރަންޓް އުފެއްދުމަށް ބުރަފަތި ހަރުކޮށްފައިވާ ދަނޑި ކުއްޔަށް ދޫކުރުން
މިކައުންސިލްގެ ބެލުމުގެ ދަށުގައިހުރި، ޔުނިޑޯގެ ފަރާތުން މިރަށުގައި އިޢާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫޢުގެދަށުން ބުރަފަތި ހަރުކުރުމަށް ޖަހާފައިވާ ދަނޑި މިހާރު ދޫކޮށްފައިވާ ފަރާތާއިއެކު މިއިދާރާއިން ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ އެދަނޑި އަމިއްލަ ބޭނުންތަކަށް ބޭނުންކުރުމަށް ކުއްޔަށް ހިފަން އެދޭފަރާތްތަކަށް އެކަމަށް އެދުމުގެ އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކައުންސިލްގެ ބެލުމުގެ ދަށުގައިހުރި އިސްވެދެންނެވުނު ދަނޑި ބަލަހައްޓައި އަމިއްލަ ބޭނުންތަކަށް އެދަނޑީގެ ބޭނުންކުރެވޭގޮތަށް 20 މާރޗް 2018 އިން ފެށިގެން 1 އަހަރުގެ މުއްދަތަށް ކުއްޔަށް ހިފަން އެދޭ ފަރާތްތަކުން އެކަމަށް އެދި 13 މާރޗް 2018 ވަނަ ދުވަހުގެ މެންދުރު 12:15 ގެ ކުރިން ސިޓީއަކުން މިއިދާރާއަށް އަގު ހުށަހެޅުއްވުން އެދެމެވެ. ހުށަހެޅޭ ސިޓީތައް ކެނޑުން އޮންނާނީ ހަމަ އެދުވަހުގެ މެންދުރު 12:20 ގައި ފައިނު ކައުންސިލްގެ އިދާރާގައެވެ. މިކަމަށްއެދި ހުށަހަޅާ ހުށަހެޅުންތަކަށް ޕޮއިންޓް ދެވޭނީ ތިރީގައި މިދަންނަވާ ގޮތުގެމަތިންނެވެ.
1. ކުއްޔަށް ހިފާ އަގު %60
2. ދަނޑި ރައްކާތެރިކަމާއިއެކު ބެލެހެއްޓުމަށް ކުރާނެ މަސައްކަތް %25
3. ދަނޑީގައި ކުރާ ބޭނުމުން ރައްޔިތުންނަށާއި ރަށަށް ކުރާނެ ފައިދާ %15
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑިގައިނަމަ 6580072 ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ.
20 ޖުމާދަލްއާޚިރާ 1439
07 މާޗް 2018
ނަންބަރު: (IUL)311/311/2018/11
ވައިން ކަރަންޓް އުފެއްދުމަށް ބުރަފަތި ހަރުކޮށްފައިވާ ދަނޑި ކުއްޔަށް ދޫކުރުން
Reviewed by ފައިނު ކައުންސިލް އިދާރާ
on
11:47 PM
Rating:
No comments: