ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރުމަށް އަތުގުޅާލުމުގެ ޙަރަކާތެއް ކުރިޔަށް ގެންގޮސްފި

މިއަހަރުގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަތުގުޅާލުމުގެ ޙަރަކާތެއް މިއަދު ކުރިޔަށް ގެންގޮސްފިއެވެ. 
 މިއީ، 2004 ވަނަ އަހަރުގެ ޑިސެމްބަރ 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި ބޭއްވުނު ޙަރަކާތެކެވެ. މިޙަރަކާތުގައި ރަށުގައި ހުރި ދަޢުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުން ބައިވެރިވެލައްވާފައިވެއެވެ. 
މިޙަރަކާތް ތަޢާރަފް ކޮށްދެއްވީ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ޙުސައިންއެވެ. އެއަށްފަހު ވަޑައިގެން ތިއްބެވި ބޭފުޅުން އަތުގުޅާލުން އޮތެވެ. އަތުގުޅާލުން ނިމުމުން ދެން އޮތީ ކީރިތި ޤުރުއާން ކިޔެވުމެވެ. ކީރިތި ޤުރުއާން ކިޔަވާ ވިދާޅުވެދެއްވީ ޢިމާމް އަލްފާޟިލް އަޙުމަދު ޢުމަރު މަނިކެވެ.  އެއަށްފަހު ސުނާމީ ކާރިސާގައި ނިޔާވި މީހުންގެ ހަނދާނުގައި 1 މިނެޓްގެ ސުކޫތެއް ގެނެވުނެވެ. 
އަދި ދުވަހާއި ގުޅޭ ޚާއްޞަ ދުޢާއެއް ކުރުން އޮތެވެ. ދުޢާވެސް އިސްވެ ވިދާޅުވެދެއްވީ އަލްފާޟިލް އަޙުމަދު ޢުމަރު މަނިކެވެ.  
ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވި މިހަރަކާތް ނިންމާލީ ޤައުމީ ސަލާމުންނެވެ.




އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރުމަށް އަތުގުޅާލުމުގެ ޙަރަކާތެއް ކުރިޔަށް ގެންގޮސްފި އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރުމަށް އަތުގުޅާލުމުގެ ޙަރަކާތެއް ކުރިޔަށް ގެންގޮސްފި Reviewed by ފައިނު ކައުންސިލް އިދާރާ on 10:29 PM Rating: 5

No comments:

Powered by Blogger.