ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ކައުންސިލުން ރަށުގެ ރައްޔިތު އަންހެން ކަނބަލުންނާއި ބައްދަލު ކުރައްވައިފި


ކައުންސިލުން ރަށުގެ އަންހެން ކަނބަލުންނާއި ބައްދަލު ކުރައްވައިފިއެވެ. މިބައްދަލުވުން އޮތީ ފައިނު ކައުންސިލް އިދާރާގެ އުތުރުފަރާތުގައެވެ. މިއަދު ހެނދުނު 10:00 ގައި ބޭއްވުނު މިބައްދަލުވުމުގެ ބޭނުމަކީ، އަލުޙާ ޢީދަށް ތައްޔާރުވުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމާއި، ރަށުގެ އިޖުތިމާޢީ ސަރަޙައްދު ކުނިކެހުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމެވެ. 

އެގޮތުން، މިބައްދަލުވުމުގައި އަލުޙާ ޢީދަށް ތައްޔާރުވުމާއި ގުޅޭގޮތުން ކުރެވިދާނެ ކަންކަމާއިމެދު މަޝްވަރާ ކުރެވިފައިވެއެވެ. އަދި ޢީދަށް ރަށުތެރެ ސާފުކޮށް ބޭއްވުމުގެ މުހިންމު ކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. މިބައްދަލުވުމުގައި ދެން މަޝްވަރާކުރެވުނު އިޖުތިމާޢީ ސަރަޙައްދު ކުނިކެހުމާއި ގުޅޭ މަޢުލޫޢުގައި، ބަނދަރު ސަރަޙައްދު ކުނިކެހުމުގައި މިހާރު ދިމާވާ ދަތިތައް ޙައްލު ކުރުމަށްޓަކައި ޢަމަލު ކުރާނެ ގޮތްތަކަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. 

މިބައްދަލުވުމުގައި، ރަށުގެ ތަރައްޤީއާއި ރަށުގެ އަންހެނުންގެ ކުރިއެރުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި އަލްމަރުޙޫމާ ޚަދީޖާ ޙުސައިން މަނިކުގެ ހަނދާނުގައި 1 މިނެޓްގެ ސުކޫތެއް ގެނެވިފައިވެއެވެ. 

ކައުންސިލުން ރަށުގެ ރައްޔިތު އަންހެން ކަނބަލުންނާއި ބައްދަލު ކުރައްވައިފި ކައުންސިލުން ރަށުގެ ރައްޔިތު އަންހެން ކަނބަލުންނާއި ބައްދަލު ކުރައްވައިފި Reviewed by ފައިނު ކައުންސިލް އިދާރާ on 12:46 AM Rating: 5
Powered by Blogger.