ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

މަސްޖިދުލް ފަލާޙްގެ ބައެއް މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ 2 ވަނަ ބުރު

މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު މަސްޖިދުލް ފަލާޙްގެ މިހުރާބުގޭ ބޭރުގެ ދެކުނު ފަރާތު ކޮޅުފިލާ ބަދަލުކޮށް، މިސްކިތު ވަޅުގެ ތަޅުންގަނޑު އުސްކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި ނަމްބަރ (IUL)311/311/2017/32 (10 އޯގަސްޓް 2017) ގެ އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ހާޟިރުވެފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

މަސްޖިދުލް ފަލާޙްގެ މިހުރާބުގޭ ބޭރުގެ ދެކުނު ފަރާތު ކޮޅުފިލާ ބަދަލުކޮށް، މިސްކިތު ވަޅުގެ ތަޅުންގަނޑު އުސްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިކަމާއި ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 21 އޯގަސްޓް 2017 ވާ ހޯމަ ދުވަހުގެ  މެންދުރުފަހު 13:00 ގައި މިއިދާރާގައެވެ. އަދި އަންދާސީ ހިސާބުތައް ބަލައިގަތުން އޮންނާނީ 27 އޯގަސްޓް 2017 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަވަންވާނެއެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނުގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6580072 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.
‏24‏ ޛުލްޤަޢިދާ‏ 1438‏
‏16‏ އޮގަސްޓް‏ 2017

ނަންބަރު: (IUL)311/311/2017/33
މަސްޖިދުލް ފަލާޙްގެ ބައެއް މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ 2 ވަނަ ބުރު މަސްޖިދުލް ފަލާޙްގެ ބައެއް މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ 2 ވަނަ ބުރު Reviewed by ފައިނު ކައުންސިލް އިދާރާ on 1:27 AM Rating: 5
Powered by Blogger.