ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ލޭންޑްޔޫސްޕްލޭނަށް ޚިޔާލު ހޯދުމަށް ރައްޔިތުންނާއި ބައްދަލުކޮށްފި


ކުރިޔަށް އޮތް 30 އަހަރަށް ތައްޔާރުކުރާ ފައިނުގެ ލޭންޑްޔޫސްޕްލޭނަށް ރައްޔިތުންގެ ޙިޔާލާއި މަޝްވަރާ ހޯދުމަށް 21 އޭޕްރީލް 2017 ވަނަ ދުވަހުގެ ރޭ ފައިނު ސްކޫލްގައި ބައްދަލުވުމެއް ބާއްވައިފިއެވެ. މިބައްދަލުވުމުގައި 2 ޖިންސްގެ ބޭފުޅުން ބައިވެރިވެފައިވާއިރު މިހާރު ކުރެހިފަައިވާ ކުރެހުމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮތެވެ.

އެއަށްފަހު ރަައްޔިތުންގެ ތެރެއިން ބޭފުޅުން ޕްލޭނާއި ގުޅޭގޮތުން ޙިޔާލު ހުށަހެޅުއްވިއެވެ. މިޕްލޭން ފާސްކުރުމަށް ހަމަޖެހިފައިވަނީ ކައުންސިލާއި ރަށުގައިހުރި ސަރުކާރުގެ މުއައްސަސާތަކާއި، ކުލަބު ޖަމްޢިއްޔާތަކާއި ރަށުގެ ހަރުމީހުންނާއި ވިޔަފާރިވެރިންނާއި އޮޑިވެރިންނާއި ރައްޔިތުންްގެ ހިޔާލާއިއެކުގައެވެ. އެގޮތުން، ކައުންސިލާއިއެކު 2 ބައްދަލުވުމެއް ބޭއްވިފައިވާއިރު، ސަރުކާރުގެ މުއައްސަސާތަކާއި ކުލަބު ޖަމްޢިއްޔާތަކާއި ރަށުގެ ހަރުމީހުންނާއި ވިޔަފާރިވެރިންނާއި އޮޑިވެރިންނާއި އެކު ބައްދަލުވުމެއް ބޭއްވިފައިވެއެވެ.
ލޭންޑްޔޫސްޕްލޭނަށް ޚިޔާލު ހޯދުމަށް ރައްޔިތުންނާއި ބައްދަލުކޮށްފި ލޭންޑްޔޫސްޕްލޭނަށް ޚިޔާލު ހޯދުމަށް ރައްޔިތުންނާއި ބައްދަލުކޮށްފި Reviewed by ފައިނު ކައުންސިލް އިދާރާ on 11:29 PM Rating: 5
Powered by Blogger.