ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް ނިންމާލައިިފި

ވާރޭ ނުވެހި ގިނަ ދުވަސްވާ ދުވަސްވަރުތަކުގައި ފެނަށްޖެހުން ކުޑަކުރުމުގެ ގޮތުން މިރަށުގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ވާރޭފެން ނަގާ
ރައްކާކުރާ ނިޒާމްގެ މަސައްކަތް ނިންމާލައިފިއެވެ. މިމަސައްކަތަކީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީއާއި މިކައުންސިލް ގުޅިގެން ކޮންޓްރެކްޓް އުޞޫލުން މަނިކު ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްގެން ކުރެވުނު މަސައްކަތެކެވެ. މިޤާއިމް ކުރެވުނު ނިޒާމްގެ ދަށުން ކުރިން މިރަށުގައި ބޭނުންކުރަމުން ގެންދިޔަ 7 ހަމާއި އަލަށް ގެނެވުނު 10 ހަމާއިއެކު ޖުމުލަ 17 ހަމުގައި 72500 ލީޓަރ ފެން ރައްކާކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. މިމަސައްކަތުގެ އެއްބަސްވުމުގައި ހިމެނިފައިވާފަދައިން ކުރިން ބޭނުންކުރަމުން ގެންދިޔަ ހަންތަކުގައިހުރި ފެން ހުސްކުރުމަށްފަހު މިހާރު ޤާއިމްކުރެވިފައިވާ ނިޒާމަށް މިހާރުވަނީ ބައްދަލު ކުރެވިފައެވެ. މިނިޒާމް ޤާއިމް ކުރެވިފައިވަނީ 4 އިސްކުރުގެ އިސްކުރުބަރިއަކާއިއެކުއެވެ.






ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް ނިންމާލައިިފި ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް ނިންމާލައިިފި Reviewed by ފައިނު ކައުންސިލް އިދާރާ on 11:25 PM Rating: 5
Powered by Blogger.