skip to main |
skip to sidebar
މިރަށުގައި އެޅުމަށް ހަމަޖެހިފައިވާ ޕޮލިސް ޕޯސްޓާއި، ކައުންސިލްގެ އާ އިމާރާތް އަޅާބިމާއި، އެސަރަހައްދުގެ މަގާއި ގޯޅި ހިމެނޭ ސަރަހައްދުގައި ހުރި ރުއްގަސް ނަގާ ބިން ސާފުކުރުމަށްޓަކައި އެސަރަހައްދުގައިހުރި ރުއްގަސް ނަގަން ބޭނުންވެއެވެ.
ވީމާ، މިރަށު ކުލަބް ޔަންގުސްޓަރގެ އިރުމަތިން އޮތް ބިމާއި، އިންޖީނުގޭގެ ހުޅަނގުން އޮތް ސަރަހައްދާއި އެސަރަހައްދުގެ މަގާއި ގޯޅީގައިހުރި އަމިއްލަ މީސްމީހުންގެ ރުއްގަހުގެ މިލްކުވެރިކަމާއިމެދު ދައުވާ ކުރައްވާ ފަރާތެއްވާނަމަ މިލްކުވެރިކަން ސާބިތުކުރި ލިޔުން ނުވަތަ ކުރީގެ ފައިނު އޮފީހުން ރުއްގަސް އިންދުމަށް ބިން ދޫކޮށްފައިވާނަމަ ބިން ދޫކުރިކަމުގެ ލިޔުމާއިއެކު، 28 އޭޕްރީލް 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން ރުއްގަސް ހުރިތަނާއި، ރުއްގަހުގެ ނަމްބަރ އެނގޭނޭހެން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
މިރުއްގަހާއިމެދު ޢަމަލުކުރާނީ ޤާނޫނު ނަންބަރު: 98/21 މީހުން ދިރިއުޅޭ ރަށްރަށުގައި ރުއްގަސް އިންދުމާއިބެހޭ ޤާނޫނުގައިވާ ގޮތުގެމަތިންނެވެ.
މިއިޢުލާނާއިއެކު ޕޮލިސް ޕޯސްޓާއި، ކައުންސިލްގެ އިދާރާ ހިމެނޭ ސަރަހައްދުގެ ޗާޓް ހިމެނިފައިވާނެއެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
ކައުންސިލް އިދާރާއާއި ޕޮލިސް ޕޯސްޓް އަޅާ ބިމުގައިހުރި ރުއްގަހުގެ މިލްކުވެރިކަމާއިމެދު ދައުވާކުރާ ފަރާތެއް ވޭތޯ ބެލުން
Reviewed by
ފައިނު ކައުންސިލް އިދާރާ
on
11:47 PM
Rating:
5
No comments: