skip to main |
skip to sidebar
މި ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ފައިނު ކައުންސިލްގެ އާ އޮފީސް އިމާރާތް އެޅުމަށް ސަބްކޮންޓްރެކްޓަރ އެއްގެ ގޮތުގައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު މިކައުންސިލް އިދާރާގެ އީމެއިލް procurement@fainu.gov.mv ފޮނުއްވައިގެން ނުވަތަ މިއިދާރާއަށް ދުރުވެ ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމާއި ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން:
04 މެއި 2025 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00 ގެ ނިޔަލަށް، ބީލަމުގައި ބައިވެރިވުމަށް 100/-ރ. (އެއްސަތޭކަ ރުފިޔާ) ގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވި ކަމުގެ ސްލިޕް ލިބިލައްވާނީ ރެޖިސްޓްރޭޝަން ފީ ދެއްކުމުންނެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓް ފޮނުވޭނެއެވެ.
ބިޑް ރެޖިސްޓްރޭޝަން ފީ ދައްކަންވީ އެކައުންޓް ނަންބަރ:
7717700461001 / 1352. REVENUE1
ބީލަން ބަލައިގަތުން:
13 މެއި 2025 ވާ އަންގާރަ ބުދަ ދުވަހުގެމެންދުރުފަހު 13:00 ގެ ނިޔަލަށް
ބީލަންތައް ހުޅުވުން:
13 މެއި 2025 ވާ އަންގާރަ ބުދަ ދުވަހުގެމެންދުރުފަހު 13:00 ގައި ފައިނު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި
ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރު 4000311 އާއި ގުޅުއްވާ ނުވަތަ އީމެއިލް procurement@fainu.gov.mv މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
ފައިނު ކައުންސިލްގެ އާ އޮފީސް އިމާރާތް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުން
Reviewed by
ފައިނު ކައުންސިލް އިދާރާ
on
1:53 AM
Rating:
5
No comments: