ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ރަށުގެ އުތުރު ސަރަހައްދުން ރެސްޓޯރަންޓް ވިޔަފާރި ކުރުމަށް ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން

މި ރަށުގެ އުތުރު ސަރަހައްދުން ރެސްޓޯރަންޓް ވިޔަފާރި ކުރުމަށް، ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ 1260 އަކަފޫޓްގެ ބިން ދޫކުރުމަށްޓަކައި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ ޗާޓް މިއިޢުލާނާއިއެކު ހީރަސްކުރެވިފައިވާނެއެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު މިކައުންސިލް އިދާރާގެ އީމެއިލް procurement@fainu.gov.mv ފޮނުއްވައިގެން ނުވަތަ މިއިދާރާއަށް ދުރުވެ ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމާއި ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

އިއުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލު

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން.
20 އޭޕްރީލް 2025 ވަނަ ދުވަހުގެ 13.00 ގެ ނިޔަލަށް ބީލަމުގައި ބައިވެރިވުމަށް 100/-ރ. (އެއްސަތޭކަ ރުފިޔާ) ގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވި ކަމުގެ ސްލިޕް ލިބިލައްވާނީ ރެޖިސްޓްރޭޝަން ފީ ދެއްކުމުންނެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓް ފޮނުވޭނެއެވެ.

ބީލަން ބަލައިގަތުން.
24 އޭޕްރީލް 2025 ދުވަހުގެ 13.00 ގެ ނިޔަލަށް.

ބީލަންތައް ހުޅުވުން.
24 އޭޕްރީލް 2025 ދުވަހުގެ 13.00 ގައި ފައިނު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި

ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރު 4000311 އާއި ގުޅުއްވާ ނުވަތަ އީމެއިލް procurement@fainu.gov.mv މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.


ރަށުގެ އުތުރު ސަރަހައްދުން ރެސްޓޯރަންޓް ވިޔަފާރި ކުރުމަށް ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން ރަށުގެ އުތުރު ސަރަހައްދުން ރެސްޓޯރަންޓް ވިޔަފާރި ކުރުމަށް ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން Reviewed by ފައިނު ކައުންސިލް އިދާރާ on 2:07 AM Rating: 5

No comments:

Powered by Blogger.