skip to main |
skip to sidebar
މިއިދާރާގެ ބެލުމުގެ ދަށުގައިހުރި ތިރީގައި މިދަންނަވާ ބިންތަކުގައި ހުރި ރުއްގަހުގެ މިލްކުވެރި ފަރާތްތައް ހޯދުމަށް މިއިދާރާއިން ކުރި އިޢުލާންތަކާ ގުޅިގެން އެއްވެސް ފަރާތްތަކުން އެތަކެތީގެ މިލްކްވެރިކަމާ މެދު ދައުވާ ކުރައްވާފައިނުވާތީއާއި އެ ބިންތަކަކީ ރުއްގަސް އިންދުމަށް ބިން ދޫކޮށްފައިވާ ތަންތަންކަމަށް ނުވާތީ އެ ތަންތަނުގައި މިހާރު ހުރި ރުއްގަހަކީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަކެތިކަމުގައި މައުލޫމާތަށްޓަކައި ދަންނަވަމެވެ. މި ބިންތަކަކީ ޕާކް ހެދުމަށާއި ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ބިންތަކެއް ކަމުގައި ދަންނަވަމެވެ.
• ރަންވެލި ޕާކް
• އައުސް ގޯތި ދެކުން އޮންނަ ބިން
• އިބްރާހިމް ފަހީމަށް ދޫކޮށްފައިވާ ގޯތި ހުޅަނގުން އޮންނަ ބިން
• އައިޝަތު ސިޙާމާއަށް ދޫކޮށްފައިވާ ގޯތި އިރުން އޮންނަ ބިން
• ވަސީމީހިޔާ ގޯތި ހުޅަނގުން އޮންނަ ބިން
• އަޒުމް، ވިލް، އަދި މަންޒިލް ގޯތި ހުޅަނގުން އޮންނަ ބިން
• އިސްމާޢީލް ޝަރީފް، ގުލްޒާރުގެ އަށް ދޫކޮށްފައިވާ ގޯތީގެ ދެކުނުން އޮންނަ ބިން
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާ ނަމަ ރަސްމީގަޑީގައި 4000311 ގުޅުއްވުމަށް ދަންނަވަމެވެ.
މިއިދާރާގެ ބެލުމުގެ ދަށުގައިހުރި ބައެއް ބިންތަކުގައި ހުރި ރުއްގަހާ ބެހޭ
Reviewed by
ފައިނު ކައުންސިލް އިދާރާ
on
1:47 AM
Rating:
5
No comments: